މިމަހު ނަތީޖާ ދޫކުރާނީ ހަމައެކަނި ޓީޗާ ބޭސްޑް އެސެސްމެންޓް ހެދި ދަރިވަރުންނަށް

DSCN0255.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު---އީވީ ފޮޓޯ

މި ދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހު އެޗްއެސްސީ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން މި މަހު ނަތީޖާ ދޫކުރާނީ ހަމައެކަނި ޓީޗާ ބޭސްޑް އެސެސްމެންޓް ހެދި ދަރިވަރުންނަށް އެކަނި ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަނުން ބުނެފިއެވެ.

ޑީޕީއީއިން ބުނީ އިމްތިހާނު ހެދި އެހެން ދަރިވަރުންގެ ތެރެއިން ނަތީޖާ ބޭނުންވާ ދަރިވަރުން، އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރެއް މެދުވެރިކޮށް އެ ޑިޕާޓްމަންޓަށް އެދި ހުށަހެޅުމުން އެ ދަރިވަރުގެ ނަތީޖާ ސެންޓަރަށް ފޮނުވާނެ ކަމަށެވެ.

މީގެއިތުރުން، އަމިއްލަގޮތުން އެޗްއެސްސީ އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ މި މަހުގެ 27ން ފެށިގެން އެ ޑިޕާޓްމަންޓްގެ ކައުންޓަރުން ހެނދުނު 08:30 މެންދުރުފަހު 1:30 ށް ދޫކުރާނެ ކަމަށްވެސް ޑީޕީއީ އިން ބުނެއެވެ.

ސެންޓަރުތަކަށް އާއްމު ކޮށް އެޗްއެސްސީ ގެ ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 31 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top