ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮގަސްޓް މަހުގެ ނިޔަލަށް އިތުރު ކޮށްފި

302551_3_02c1c05129a11646002a61663b94cca26f0fc609_large.jpg

ހެލްތު މިނިސްޓަރު، އަހުމަދު ނަސީމް

ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ އޮގަސްޓު މަހުގެ ނިޔަލަށް އިތުރު ކޮށްފި އެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ 12 މާޗު 2020 ގައެވެ. އޭގެ ފަހުން 16 ފަހަރެއްގެ މަތިން އެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ.

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރެފައިވާ ގަރާރުގައި ވިދާޅުވެފައިވަނީ ރާއްޖޭގައި އަދިވެސް ފުޅާ ދާއިރާއެއްގައި ކޮވިޑް19 ފެތުރުމުގެ ނުރައްކާ އެބަ އޮތް ކަމަށާއި އެހެންކަމުން އެ ނުރައްކާ ކުޑަކުރުމަށާއި އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅާންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާތީ, 12 މާޗު 2020 ގައި ރާއްޖޭގައި އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 2021 އޯގަސްޓް 2 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ދަންމާލަން ނިންމިއިރު، ރާއްޖޭގައި ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ރިކޯޑު މިންވަރަކަށް އިތުރުވި އެވެ. ނަމަވެސް، މަޑުމަޑުން ކޭސްތައްް މިހާރު ވަނީ ވަރަށް ބޮޑަށް ދަށް ވެފަ އެވެ.

އެޗްޕީއޭއިން އާންމުކުރާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ 143 މީހުންނެވެ. މިވަގުތު ކޮވިޑް19 ޖެހިފައި ތިބި މީހުންގެ އަދަދަކީ 3,359 އެވެ. އަދި ހޮސްޕިޓަލުގައި ބައްޔަށް ފަރުވާ ހޯދަމުން ދަނީ 23 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑްއަށް ޕޮޒިޓިވްވީ މީހުންގެ އަދަދަކީ ޖުމްލަ 74,074 އެވެ. އެ ބަލީގައި ރާއްޖެއިން 213 މީހަކު މަރުވެފައިވެސް ވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top