ދުނިޠޭގެ ޝެފުންގެ ދުވަސް މިއަހަރު ފާހަގަ ކުރުމުގެ ގޮތުން ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް)ގެ ފަރާތުން ބ.އަތޮޅަށް ހުޅުވާލައިގެން ބޭއްވި “ކަލިނަރީ ޗެލެންޖް 2017” ނިންމާލައިފިއެވެ.
ޖުމްލަ 30 ޓީމް ބައިވެރިވި މި މުބާރާތުގައި މި ޓީމް ތަކުން ވަނީ ދިވެހި އުފެއްދުންތެރި ރަހަތައް އެކުލެވޭ ޑިޝްތަކެއް ތައްޔާރުކޮށް ޖަޖުންނަށް ހުށަހަޅާ ދީފައެވެ.
މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އެކި ވަނަތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މިރޭ މިކަމަށް ޚާއްސަކޮށް ބާއްވާ ޖަލްސާއަކުންނެވެ.
އިނާމުގެ އިތުރުން މި މުބާރާތުގެ ރަން ވަނަތަކަށް ހޮވޭ ކެއުންތަކާއި އެ ކެއުންތައް ތައްޔާރު ކުރި ފަރާތްތަކުގެ މައުލޫމާތުގެ އިތުރުން މި ކެއުންތައް ތައްޔާރު ކުރާނޭ ގޮތް ހިމަނައިގެން އެޖަމިއްޔާއިން ނެރެން ހަމަޖެހިފައިވާ ފޮތުގައި ޝާއިއު ކުރެވޭނެކަމަށް ސީޖީއެމް އިން ވިދާޅުވިއެވެ.
އޭދަފުށީގައި މިއަހަރު ބާއްވާ “ކަލިނަރީ ޗެލެންޖް 2017 “ގެ މެއިން ސްޕޮންސަރަކީ ބެސްޓްބައި މޯލްޑިވްސް އެވެ.