ސޮނެވާފުށި ބަލިކޮށް ޑުސިޓުން ފުރަތަމަ ފަހަރަށް ރިސޯޓް މުބާރާތުގެ ތަށި އުފުލާލައިފި

DSCN9062.jpg

އިންޓަރ ރިސޯޓް ބ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ފުރަތަމަ ފަހަރަށް ޑުސިޓް ތާނީ މޯލްޑިވްސް ހޯދައިފިއެވެ.

ޑުސިޓް ޗެންޕިއަންކަން ހޯދީ މިއަދު އޭދަފުށީގައި ކުޅެވުނު މުބާރާތުގެ ފައިނަލް މެޗްގައި ސޮނެވާފުށީގެ މައްޗަށް 3-0ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. ސަތޭކަ ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާއެކު ފައިނަލަށް ދަތުރުކުރި ސޮނެވާފުއްޓަށް މިއަދުގެ މެޗްގައި ޑުސިޓްގެ ޑިފެންސް ފޫއަޅުވާލުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

ޑުސިޓްގެ ފުރަތަމަ ލަނޑު ލިބުނު ކޯނަރެއް ބޭނުންހިފައިގެން ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ އިސްމާއީލް ރަޝީދުއެވެ. ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ދެވަނަ ހާފްގައި ކާމިޔާބު ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާ އަދި މުބާރާތުގެވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްހޯދި ޑުސިޓްގެ ޖޯޒީ ނަމްބަރ 23 އިޝާން އިބްރާހީމްއެވެ.

މުބާރާތުގެ މަގާމްތައް:

އެންމެމޮޅު ގޯލް ކީޕަރު ޑުސިޓްގެ ޖޯޒީ ނަމްބަރ 1 އަހްމަދު އަދީބު

އެންމެމޮޅު ޑިފެންޑަރ ސޮނެވާފުށީގެ ޖޯޒީނަމްބަރ 3 މުހައްމަދު ޝިމާން

އެންމެމޮޅު މިޑްފީލްޑަރ ޑުސިޓްގެ ޖޯޒީނަމްބަރ 10 އަހްމަދު ލަތީފް

އެންމެމޮޅު ފޯވަޑް ސޮނެވާގެ ޖޯޒީ ނަމްބަރ 7 އާދަމް ނިޒާމް

އެންމެ އުއްމީދީ ކުޅުންތެރިޔާ ޑުސިޓްގެ ޖޯޒީނަމްބަރ 19 މުހައްމަދު ރީހާން

އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ ސޮނެވާފުށީގެ ޖޯޒީ ނަމްބަރ 11 މުހައްމަދު މައުރޫފް

އެންމެމޮޅު ކޯޗް ޑުސިޓްގެ ކޯޗް އަބްދުލްޖަލީލު

މިމުބާރާތުގެ ޗެންޕިއަން އަދި ރަނައަޕް ޓީމަށް މެޑަލްއާއި، ޓްރޮފީ ހަވާލުކޮށްދިނީ ޑުސިޓްގެ ޖެނެރަލް މެނޭޖަރއާއި، ސޮނެވާފުށީގެ އޯނަރ ސޯނޫއެވެ.

އޭދަފުށީ ޒުވާނުންގެ ކްލަބުން ބުނީ އިންޓަރ ރިސޯޓް 2018 ވަނަ އަހަރުގެ މުބާރާތް އަންނަ އަހަރުގެ ޖޫންމަހުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top