”މުޅި ދައުލަތުގައި އޮތީ ވައްކަމާއި ހިޔާނާތް. ބެލޭނެ ގޮތެއް ނެތް“

400.jpg

އަދު މުޅި ދައުލަތުގައި އޮތީ ވައްކަމާއި ހިޔާނާތް ކަމަށާ ނަމަވެސް އެ މައްސަލަތައް ބެލޭނެ ގޮތެއް ނެތް ކަމަށް ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ޓްވިޓާ މެދުވެރިކޮށް ދިޔާނާ ވިދާޅުވީ އެމްއެމްޕީއާރުސީގައިވެސް ވައްކަން ކަމަށާއި އެމްޕީއެލްގައިވެސް ވައްކަން ކަމަށާއި އަދި ޕަބްލިކް ޕްރޮކިއުމަންޓުންވެސް ވައްކަން ކަމަށެވެ. ކަން މިހެން އޮތްނަމަވެސް މިއިން އެއްވެސް ކަމެއް ބެލޭނެ ގޮތެއް ނެތްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ދިޔާނާ މިގޮތަށް ވާހަކަ ދައްކަވާފައި މިވަނީ ރާއްޖެ ފުރަބަންދުކޮށްފައި އޮއްވާ އެމްޕީއެލްގެ ތެރޭގައި ހިންގި ކޮރަޕްޝަންގެ މައްސަލައަށް އިޝާރާތް ކުރައްވަމުންކަން ފާހަގަ ކުރެވެއެވެ.

އެމްޕީއެލްގެ ކޮރަޕްޝަންގެ މައްސަލަ ފަޅާ އަރުވާލި އެތަނުގެ ޗެއާމަން މުހައްމަދު ޒަކީ މިއަދު ވަނީ އެމަގާމުން އިސްތިޢުފާ ދެއްވާފައެވެ. މީޑިއާ މެދުވެރިކުރައްވައި ޒަކީ ވިދާޅުވެފައިވަނީ މާލެ ފުރަބަންދުކޮށްފައި ވަނިކޮށް އެކުންފުނީގެ އެތެރޭގައި 8 މިލިއަން ރުފިޔާގެ ވައްކަމެއް ހިންގާފައި ކަމަށެވެ. އަދި އެމްޕީއެލްއިން 8 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ވަގަށް ނެގި ފަރާތްތައް، ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާ އެއްގޮތަށް ސަސްޕެންޑް ކުރެވިފައި ނުވާކަމަށް ބުނެ، ޒަކީ ވަނީ އޭރު އެކަމަށް ވަރަށް ބޮޑަށް މައާފަށްވެސް އެދިފައެވެ.

މިކަމާއި ގުޅިގެން އެމްޕީއެލް އިން ވިދާޅުވެފައިވަނީ އެކުންފުނިން ހިންގަމުންދާ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް، މި ކަމުގައި ޝާމިލްވާކަމަށް ޝައްކުކުރެވޭ މުވައްޒަފުން ސަސްޕެންޑްކޮށް، މަސައްކަތުން އެކަހެރިކޮށްފައިވާކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top