މުސްޙަފް މާލްދީފް ،ގޭގެއަށް ދޫކުރަން ފަށައިފި

24879809_1532756950127498_6387894622813951623_o-800x531-800x531.jpg

އޭދަފުށީ ރައްޔިތުންނަށް މުސްޙަފް މާލްދީފް ހަވާލުކުރުމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތު

އިސްލާމިކް މިނިސްޓްރީގެ ފަރާތުން އޭދަފުށީ ރައްޔިތުންނަށް ދިނުމަށް ފޮނުއްވާފައިވާ މުސްޙަފް މާލްދީފް ، އޭދަފުށީ ކައުންސިލްގެ ފަރާތުން ގޭގެއަށް ދޫކުރަން ފަށައިފިއެވެ.

އޭދަފުށީ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން މިއަދުންފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން ފެށިގެން 2:00 އާހަމައަށް އޭދަފުށީ މަަލްޓި ޕާޕަސްބިލްޑިންގ ގައި ގޭގެއަށް މުސްޙަފް ދޫކުރުމުގެ ކަންތައް ކުރިއަށްދާނެއެވެ. މިގޮތުން ކޮންމެ ގޭބިސީއަކަށް މުސްޙަފެއް ލިބޭ ގޮތަށް ހަމަޖެހިފައިވާކަމަށް ކައުންސިލުން ބުނެއެވެ.

މުސްޙަފް އާއި ހަވާލުވާން އަންނައިރު އައިޑީ ކާޑު ގެންނެވުމަށް ކައުުންސިލުން އެދިވަޑައިގެންފައިވެއެވެ.

މުސްހަފް މާލްދީފްއަކީ ކޮންމެ ދިވެއްސަކަށް މުސްހަފެއް ހޯދައިދިނުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކުރީގެ އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް ފެއްޓެވި މަސައްކަތެކެވެ. މިގޮތުން ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް މުސްހަފުގެ ކޮޕީއެއް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މާލޭ ސަރަހައްދާއި އަތޮޅުތެރޭ ދިރިއުޅޭ އުމުރުން 15-40 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ރައްޔިތަކަށް މިނިސްޓްރީން ހަމަޖައްސާ އުޞޫލުތަކުގެ ދަށުން މުސްހަފް ފޯރުކޮށްދެވޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top