ސަލީމް ވިދާޅުވަނީ ޕީޕީއެމް ވުޖޫދުން ފޮހެނުލެވޭނެ ކަމަށް

DSCN0821-800x492-800x492.jpg

އެމްޕީ ސަލީމް އޭދަފުށީގައި -އީވީ ފައިލް ފޮޓޯ

ޕީޕީއެމް ވުޖޫދުން ފޮހެ ނުލެވޭނެ ކަމަށް މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވީ ޕީޕީއެމްގެ މިސްރާބު ހުރީ އަނދިރި ދިމާއަކަށް ކަމަށާއި އެގޮތުގައި ކުރިއަށްދާނަމަ ޕާޓީ ވުޖޫދުން ފޮހެވުމުގެ ފުރުސަތު ވެސް ބޮޑުކަމަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވުމާ ގުޅިގެންނެވެ.

މައުރޫފް ވިދާޅުވި ގޮތުގައި އެގޮތަށް ދާ ކަމަށްވަންޏާ އެ ޕާޓީއެއް ޖެހޭނީ ހަމަ ކަފުން ކުރާށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ ޕީޕީއެމް ވުޖޫދުން ފޮހެނުލެވޭނެ ކަމަށާއި ވުޖޫދުން ފޮހެވޭނީ އެކަން ކުރަން މަސައްކަތް ކުރާ ގަމާރުން ކަމަށެވެ.

ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްއާއިއެކު ކޯލިޝަން ހަދައިގެން އެކީގައި ގިނަ މަސައްކަތްތަކެއް ކުރި އެމްޑީއޭއިން ވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއިއެކު ކޯލިޝަން ހަދާފައެވެ. އެމްޑީއޭގެ އެންމެ ބޮޑު ފާޑުކިޔުންތަކެއް އަމާޒު ވަނީވެސް ކުރީގެ ކޯލިޝަން ބައިވެރިއާ ޕީޕީއެމްއަށެވެ.

ޕީޕީއެމްއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބައިގިނަ ސިޔާސީ ދެވަނަ ޕާޓީއެވެ.

ރާއްޖޭގައި ނުވަ ޕާޓީ އޮތް ކަމުގައި ވިޔަސް އޮތީ އެންމެ ދެ ފިކުރެއް ކަމަށާއި އެއީ އެމްޑީޕީ ފިކުރު އަދި ޕީޕީއެމް ފިކުރު ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވާދަކުރާއިރު އެ ޕާޓީގެ ރިޔާސީ ޓިކެޓް ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. ނަމަވެސް 11 އަހަރުގެ ޖަލު ހުކުމެއް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާތީ އިންތިހާބުގައި ވާދަކުރެއްވުމުގައި ޔާމީނަށް ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ. ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވަމުންދަނީ ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރޔސަތު ވަރަށް ހަނިކަމަށެވެ.

ނަމަވެސް އިސްތިިއުނާފީ މަރުހަލާއަށްފަހު ސްޕްރީީމް ކޯޓުން ނިންމާ ގޮތެއްގެ މައްޗަށް ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރުމުގެ ޖާގަވެސް އެއްކޮށް ބަންދެއް ނުވެއެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top