އެންމެ މޮޅު ދަރިވަރުގެ މަގާމާއެކު ހަނާ ހަމްދީއަށް އުމްރާ ދަތުރެއް

ބެސްތް.jpg

އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ހަނާ ހަމްދީ ، ޝަރަފްވެރި މެހްމާންގެ އަތްޕުޅުން އިނާމާއި ޓްރޮފީ ލިބިގަންނަނީ _ ފޮޓޯ : އީވީ

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ 2016 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ރޭ އެސްކޫލްގައި ބާއްވައިފިއެވެ.

މި ޖަލްސާ ޝަރަފް ވެރި ކޮށްްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސީނިއަރ ޕޮލިސީ      އެގްޒެކެޓިވް އިބްރާހީމް އިސްމާއީލް އެވެ.

ހަޔަރ ސެކެންޑްރީ ބައިން މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ އަސްމާ އިބްރާހީމް ރަޝީދު އެވެ. އޭނާވަނީ އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން އޭ ފާސް ހޯދާފައެވެ.

ސެކަންޑްރީ ގްރޭޑުން މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ހަނާ ހަމްދީއެވެ. ހަނާ ވަނީ އޯ ލެވެލް އިމްތިހާނުން ގައުމީ ގަދަ ދިހައަކުން 3 ވަނަ ހޯދާފައެވެ.

މި ކުދިންނަށް އިނާމާއި އެވޯޑް އަދި ރައީސުލް ޖުމްހޫރިއްޔާ ދެއްވާފައިވާ ޚާއްސަ އިނާމު ހަވާލު ކޮށްދެއްވީ ޝަރަފްވެރި މެހްމާން އިބްރާހީމް އިސްމާއީލް އެވެ.

މީގެ އިތުރުން 2016 ވަނަ އަހަރުގެ ޓޮޕް 10 ގައި އޭ ލެވެލްގެ 11 ކުދިންނާއި އޯލެވެލްގެ 5 ކުދިން ހިމެނިފައިވާކަން ޕްރިންސިޕަލްގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

މި ރޭގެ ޖަލްސާ ގައި އަލަށް ތައާރަފްކުރި އިނާމު ތަކުގެ ތެރޭގައި އަސްކޮއި ހައްޖު އެންދް އުމްރާ ގްރޫޕްގެ ފަރާތުން އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވޭ ކުއްޖަކަށް ދޭން ކަނޑައަޅާފައި އޮތް އުމުރާ ދަތުރާއި ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓްރަސްޓް ފަންޑުގެ ފަރާތުން ކަނޑައަޅާފައިވާ ލެޕްޓޮޕް އިނާމު ހިމެނެއެވެ.  އެގޮތުން  އަސްކޮއި އުމްރާ ގްރޫޕްގެ ފަރާތުން ދޭ އުމުރާ ދަތުރު ލިބިފައިވަނީ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ހަނާ ހަމްދީއަށެވެ.  ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓްރަސްޓް ފަންޑުން ދޭ ލެޕްޓޮޕް އިނާމު ހޯދާފައިވަނީ އޭ ލެވެލް އިން ފަސް އޭ ހޯދި ދެ ދަރިވަރުން ކަމުގައިވާ އަސްމާ އިބްރާހީމް ރަޝީދުއާއި އާއި އަޒްހާން އަބްދުލް ފައްތާހު އެވެ

817 ދަރިވަރުން ތައުލީމު ހޯދަމުން އަންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ މިދިޔަ އަހަރު 52 ދަރިވަރަކު އޯ ލެވެލް އިމްތިހާނު ގައި ބައިވެރިވެ އޭގެ ތެރެއިން 73 ޕަސެންޓް ދަރިވަރުން 5 މާއްދާ އިން ފާސް ހޯދައި، 5 ދަރިވަރަކު ވަނީ ގައުމީ ގަދަ 10ގައި ވެސް ހިމެނިފަ އެވެ.  އޭ ލެވެލް ގައުމީ ގަދަ ދިހައެއްގައި އެ ސްކޫލުގެ 11 ދަރިވަރުން ހިމެނުނުއިރު އެއް ދަރިވަރަކު ވަނީ ދުނިޔޭގެ ގަދަ ދިހައެއްގެ އެއްވަނައިގާ ހިމެނިފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top