މީހަކު ފާޅުކުރާ ޚިޔާލަކުން އަދަބު ދެވިގެން ނުވާނެ: އެމްޕީ އަލީ

t8qt6fK6GDAd02KrzzBJvffsc2jfh8uBINK4GU1Q.jpeg

އެމީހަކަށް ފެންނަ ޚިޔާލެއް ފާޅުކުރުމަށް ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދޭ މިނިވަންކަން ބޭނުން ކުރުމުން އެއްވެސް މީހަކަށް އަދަބުދީ ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ

އެމް ޕީ އަލީ ވިދާޅުވީ ކޮންމެ މީހަކަށްވެސް ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭނެ ކަމަށާ އެބާރު އިމުގެ ތެރޭގައި ބޭނުން ކުރާ ހިނދަކު އެއްވެސް މީހަކަށް ފިޔަވަޅުއަޅައި އަދަބު ދެވިގެން ނުވާނެ އެވެ.

މީގެއިތުރުން ވަކިބައެއްގެ ނުރަނގަޅު ނުފޫޒުގެ ދަށުގައި މުއައްސަސާތައް އޮތުން ބަލައި ނުގަނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަލީ އެ އިޝާރަތްކުރައްވަނީ ޝޯޝަލް މީޑިޔާގައި ފާޅުކުރާ ޚިޔާލުތަކާއި ގުޅިގެން ގައުމީ ޔުނިވަސިޓީގެ އެސިސެންޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި ޑރ. މުހަންމަދު އިޔާޒު ވަޒީފާއިން ވަކިކުރުމަށް ގައުމީ ޔުނިވަސިޓީން ނިންމި ނިންމުމަށް ކަމަށް ބެލެވެއެވެ.

އަލީ މިހެން ވިދާޅުވެފައިވާއިރު، ގައުމީ ޔުނިވާރސިޓީން ޑރ. މުޙައްމަދު އިޔާޒަށް އެޅިފިޔަވަޅަކީ ނުރައްކާތެރި ބާރުތަކެއްގެ ނުފޫޒުން އަޅާފައިވާ ފިޔަވަޅެއް ކަމަށް އޭނާ ނިސްބަތްވާ އަދާލާތު ޕާޓީން ވެސް ވަނީ ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top