ދިވެހި ހައްޖާޖީން މާދަމާ މާލެ އަންނަން ފަށާނެ

photo_2022-07-04_09-45-59-3-e1658230253107.jpg

ރާއްޖެއިން މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ހައްޖުވެރިން މާދަމާ ހެނދުނު 10:10ގައި ރާއްޖެ އަންނަން ފަށާނެއެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައެވެ. ހައްޖާޖީން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ތިން ފްލައިޓެއްގައެވެ. އެއީ މާދަމާ އޮންނަ ފްލައިޓާއި، އަންނަ ހޮނިހިރު ދުވަހު އޮންނަ ފްލައިޓާއި އޭގެ އިތުރުން އަންނަ ހަފްތާގެ ބުދަ ދުވަހު އޮންނަ ފްލައިޓުންނެވެ.

މާދަމާގެ ފްލައިޓުން 157 ހައްޖާޖީން އަންނަން ހަމަޖެހިފައިވާއިރު ހޮނިހިރު ދުވަހުގެ ފްލައިޓުން އަންނާނީ 175 ހައްޖާޖީންނެވެ. އަދި 27 ޖުލައިގެ ފްލައިޓުން އަންނާނީ ޖުމްލަ 117 ހައްޖާޖީންނެވެ.

ހައްޖާޖީންނަށް ޚާއްސަކޮށް ޚިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޚާއްސަ ސަރަޙައްދެއް ހަމަޖައްސާފައިވާއިރު އެކަމަށްޓަކައި އެ ކުންފުނީގެ އިތުރު މުވައްޒަފުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރި ވާނެއެވެ.

މިފަހަރު ހައްޖާޖީން ބަލާ އެއާޕޯޓަށް ދަތުރު ކުރާ މީހުންނަށް ޚާއްސަ ވެހިކަލް ތަކެއްގައި ހިލޭ ދަތުރުކުރެވޭ ގޮތަށް ކޮންމެ 15 މިނެޓަކުން ބަސް ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ ޖާގަ ނެތުމާއި ގުޅިގެން ހައްޖާޖީންގެ ލަގެޖް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސަން ޖެހޭނީ އެ ބޭފުޅަކު އަމިއްލައަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top