މޫސުން ގޯސްވެ ހއ އިން މ އަތޮޅާ ހަމައަށް ވައިޓް އެލާޓް

IMG_20200724_134101732.jpg

މޫސުން ގޯސް ދުވަހެއް.

ކުރިއަށް އިތް ވަގުތު ތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ.އަތޮޅުން ފެށިގެން މ.އަތޮޅާ ހަމައަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް ) އިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކަށް މިއަދު ހަވީރު 16:00 ފެށިގެން 22:00 އާއި ހަމައަށް ވައި ބާރުވުމާއެކު ކަނޑު ގަދަވާނެކަމަށެވެ.

އަދި ވިލާގަނޑުގައި 19 މޭލާއި 24 މޭލާއި ދެމެދަށް ވައިގަދަވާނެ ކަމަށާއި މި ވަގުތުތަކުގައި ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ބަލައިގެން އުޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top