މަރުގެ ދިޔަ، އެއްލައްކައިން އެއްމިލިޔަނަށް

b_PdoXpyUMNzjgtQKpDzbbQjxpe.jpg

ދިވެހި ރާއްޖޭގެ ސުްޕްރިމް ކޯޓް-- ފޮޓޯ : ވަން އޮންލައިން

ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރު އެއްލައްކަ ރުފިޔާއިން އެއް މިލިއަން ރުފިޔާއަށް ސުޕްރީމް ކޯޓުން މިއަދު ބޮޑުކޮށްފި އެވެ.

މަރުގެ ދިޔައިގެ ގޮތުގައި ރާއްޖޭގައި ވަރަސް މަދު ހާލަތެއްގައި ނޫނީ މިހާތަނަށް ނަގައިދެމުން އައީ އެއްލައްކަ ރުފިޔާ އެވެ.

ސުޕްރީމް ކޯޓުން މިއަދު އާންމުކުރި އަދަބު ކަނޑައެޅުމުގެ އުސޫލު ބުނާގޮތުން މަރަށް މަރު ހިފޭނީ މަރުވި މިހާގެ ވާރިސުން ކުރެ 15 އަހަރު ފުރިފައިވާ ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުން ނަމަ ކަމަށެވެ. އެންމެ ވާރިސަކު މަރަށް މަރު ހިފަން ބޭނުން ނުވި ނަމަވެސް މަރަށް މަރު ނުހިފޭނެއެވެ.

ސުޕްރީމް ކޯޓުން ބުނީ މަރުގެ ދިޔަ ދޭންޖެހޭ ހާލަތްތަކުގައި އެންމެ ލުއި މިންވަރަކީ އެއް މިލިއަން ރުފިޔާ ކަމަށާއި މަރަށް މަރު ނުހިފޭ ހާލަތްތަކުގައި އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފަން އަމުރުކުރަން ޖެހޭނެ ކަމަށްވެސް އުސޫލުގައިވެއެވެ.

އިސްލާމީ ޝަރީއަތުގައި މަރުގެ ދިޔަ ކަނޑައަޅާފައިވަނީ 100 ޖަމަލުގެ ނިސްބަތުންނެވެ. ނަމަވެސް އެ ޖަމަލުތަކުގެ އަގަށްވާ ފައިސާއިންވެސް މަރުގެ ދިޔަ ދެވޭނެކަމަށް އިލްމުވެރިން ވިދާޅުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top