ދަރަވަންދޫ މީހުން މާސްކް ނާޅާކަމަށް ވިދާޅުވެ މިނިސްޓަރު ނަސީމްގެ ކަންބޮޑުވުން

DSCN7780.jpg

ދަރަވަންދޫ --އީވީ ފައިލް ފޮޓޯ

ދަރަވަންދޫ މީހުން އެއްގޮތަކަށްވެސް މާސްކު ނާޅާ ކަމަށް ވިދާޅުވެ ހެލްތު މިނިސްޓަރު ނަސީމް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

އެމްޑީޕީ އިން “ރަށްވެހި ފަތިސް”ގެ ނަމުގައި، އަންނަ ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރެއްވުމުގެ ގޮތުން އޮންލައިން ކޮށް ބާއްވަމުން އަންނަ ސިލްސިލާ ބައްދަލު ވުމުގެ ތެރެއިން ރޭ ބ.އަތޮޅު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ދަރަވަންދޫ މީހުން މާސްކު ނާޅާތީ އެކަމާ ކަންބޮޑުވުން އޮތް މިންވަރު ބޮޑުވެގެން ކައުންސިލާ ވެސް އެ ވާހަކަ ދައްކާފައިވާ ކަމަށެވެ.

“ދަރަވަންދޫގައި އެއްގޮތަކަށް ވެސް މާސްކު އަޅުއްވައިގެން ނޫޅުއްވާ [އެ ރަށު] ބޭފުޅުންނެއް! އެކަމަށް ހާއްސަ ސަމާލު ކަމެއް ދެއްވަން ޖެހޭ. އެކަން ނުކުރައްވާ ކަމަށް ވަނީވިއްޔާ އެހާ ގިނަ ބަޔަކު އައިސް ގޮސްވާ ތަނެއްގައި ކަންތައްތައް ރަނގަޅަކަށް ނުދާނެ،” މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

ދަރަވަންދޫއަކީ އެންމެ ބާރު ބޮޑު ޑޮމެސްޓިކް އެއާޕޯޓް އޮތް ރަށެވެ. ކޮންމެ ދުވަހަކު އެ އެއާޕޯޓަށް ގިނަ އަދަދެއްގެ ފަތުރުވެރިން ދަތުރުކޮށް އުޅެ އެވެ.

ކޮވިޑް-19 އިގެ ހާލަތު ގޯސްވާން ފެށުމުން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އަޅަން ވަނީ މަޖުބޫރު ކޮށް ފައެވެ. އަދި މާސްކް ނާޅާނަމަ 1000ރުފިޔާއިން ޖުރުމަނާ ކުރާގޮތަށް އެޗްޕީއޭ އިންވަނީ ނިންމަވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top