ގޮއިފުޅަފެހެންދޫ ކޯޒްވޭއަކުން ގުޅާލުމަކީ އަލުން ވިސްނަން ޖެހޭ ކަމެއް: ރައީސް

b_9yGGvmjJT30U5RkiItltb6kRl.jpg

ބަނދަރު ހެދުމަށް ބޭނުންވާ ބައެއް ތަކެތި ހިފައިގެން އައި ކޮޅުވެއްޓި ފުޅަދޫ ބނދަރުގައި --ފޮތޯ :އެމްޓީސީސީ

ބ.އަތޮޅުގައި ގުދަރަތީ ގޮތުން ވަކި އަތޮޅެއްގެ ގޮތުގައި އެއްފަޅުތެރޭގައި އޮންނަ ގޮއިފުޅަފެހެންދޫ ކޯޒްވޭ އަކުން ގުޅާލުމުގެ ގޮތުން އެ ތިން ރަށުގެ ރައްޔިތުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ބ.އަތޮޅުގެ ކައުންސިލްތަކުގެ ކެންޑިޑޭޓުންނާއެކު އޮންލައިންކޮށް ރޭ ބޭއްވި ބައްދަލުވުމުގައި  ވާހަކަ ދައްކަވަމުންނެވެ.

ރައީސްވިދާޅުވީ ސަރުކާރުގެ ފުރަތަމަ ވިސްނުމަކަށް އޮތީ ވެސް ތިން ރަށް ކޯޒްވޭއަކުން ގުޅުވާލުމަށް ފަހު ކޮންމެ ވެސް އެއް ރަށެއްގައި ބޮޑު އެއް ބަނދަރު ބޭއްވުމަށް ކަމަށެވެ. އެކަމަކު މިހާރު ތިން ރަށުގެ ރައްޔިތުން ވެސް ބޭނުން ވެގެން ކޮންމެ ރަށެއްގައި ވެސް ބޮޑު ބަނދަރެއް ހަދާފައިވާ ކަމަަށާއި އެ ކަން ކޮށްފައިވަނީ ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ކޮށްގެން ކަމަށް ވިދާޅުވިއެވެ.

އެހެންވީމާ ތިން ރަށް ގުޅުވާލުމަށް ކޯޒްވޭއެއް އެޅުމުގެ މަޝްރޫއަކީ އަލުން ވިސްނާލަން ޖެހޭ ކަމެއް ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ތިން ރަށުގެ ރައްޔިތުންނާ ވަރަށް އަވަހަށް މަޝްވަރާ ކުރެވިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“މި ކަމާ ދޭތެރޭ އިތުރަށް ވިސްނަން އެބަ ޖެހޭ، ދެ ރަށުގައި ވެސް ބަނދަރު މިހާރު މި ހެދުނީ. ތިން ރަށުގައި އެ އޮތީ ތިން ބަނދަރު. އޭރު އަޅުގަނޑުމެންގެ ވިސްނުން އޮތީ ތިން ރަށް ގުޅާލާފައި އެއް ބަނދަރު އަޅަން. އެކަމަކު، މިއާ ދޭތެރޭގެ ރަައްޔިތުންނާ މަޝްވަރާކޮށްފައި ގޮތެއް ނިންމަން ޖެހޭނީ،” ރައީސް ސޯލިހް ވިދާޅުވިއެވެ.

ގޮއިދޫއާއި ފެހެންދޫއާ ދެމެދު ކޯޒްވޭއެއް އަޅަން މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ވެސް ހިމެނިއެވެ. އެއް ފަޅެއްގައި އޮންނަ މި ދެ ރަށުގެ ދެމެދު ކޯޒްވޭއެއް އެޅުމަށް 210,000 ރުފިޔާއެއް މިދިޔަ އަހަރުގެ ބަޖެޓްގައި ހިމެނިއެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމާ ގުޅިގެން ކޮންޓްރެކްޓް ކުރެވިފައިނުވާ މަޝްރޫއުތައް މަޑުޖައްސާލުމުން މިފަދަ ބައެއް މަޝްރޫއުތައް އޮތީ މަޑުޖެހިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top