ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި މަޖިލީހުގެ މެންބަރުން އިށީނދެ ވަޑައިގެން ތިއްބަވާއިރު ސިޔާސީ ޕާޓީތައް ވަކިވާ ގޮތަށް ތަރުތީބު ބަދަލު ކުރުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
މަޖިލީހުގެ ތަޅުމުގައި މެންބަރުން މިހާރު ތިއްބަވަނީ މާލޭގެ މެމްބަރުން ކުރީ ގޮނޑިބަރިތަކުގައި ތިއްބަވާފައި ހއ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް އަތޮޅު ތަކުގެ ތަރުތީބުން ނެވެ. އެ ތަރުތީބަށް ބަދަލު ގެންނަން މަޖިލީހުގެ އިދާރާއިން ހެދި ދިރާސާއެއް އާންމު ކޮމެޓީއަށް ހުށަހެޅުމުން އެކަމާ މެދު އެ ކޮމެޓީން ކުރިން މަޝްވަރާކުރި އެވެ.
މަޖިލީހުގެ އިދާރާއިން ފޮނުވާފައިވާ ސިޓީއަކާއި ގުޅިގެން މަޖިލީހުގެ ކޮމެޓީން ކުރި މަސައްކަތުގައި ކޮމެޓީގެ ގިނަ މެމްބަރުން ތާއީދުކޮށްފައިވަނީ ދުނިޔޭގެ ރިޔާސީ ނިޒާމު އޮންނަ އެހެން ގައުމުތަކުގައިވެސް ޕާލިމަންޓްތަކުގައި މެމްބަރުން ތިއްބަވާ ގޮތަށް ސިޔާސީ ޕާޓީތަކުގެ މެމްބަރުން ވަކިން ތިއްބެވުމަށެވެ. ކޮމިޓީގެ ގިނަ މެމްބަރުންވަނީ މި ހުށަހެޅުމަށް ތާއީދުކޮށް ޕާޓީތައް ވަކިން ތިބޭ ގޮތަށް ތާއީދުކޮށް އެގޮތަށް ފާސްކޮށްފަ އެވެ..
ރައްޔިތުންގެ މަޖިލީހުގު މެންބަރުން ތަޅުމުގައި އިށީނދެވަޑައިގެން ތިއްބަވާ ތަރުތީބަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ ކޮމިޓީ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ކޮމިޓީގައި މިކަމަށް ކުރެވުނު ބަހުސްގައި މެމްބަރުންވަނީ އެކި ޚިޔާލުތައް ފާޅުކުރައްވާފައެވެ. ބައެއް މެމްބަރުން ބުރަވަނީ މިހާރު އޮތް ތަރުތީބަށް ބަދަލު ގެނެސް ހއ. އިން ފެށިގެން ސ. އަތޮޅާއި ހަމަށް މެމްބަރުން ތިއްބަވާ ގޮތަށް ތަރުތީބަށް ބަދަލު ގެނައުމަށެވެ.