އަންނަ އަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް

Capture-41.png

ފިނޭންސް މިނިސްޓަރު ،އަމީރު

2022ވަނަ އަހަރަށް ހުށައަޅަން ނިންމާފައިވާ ދައުލަތުގެ ބަޖެޓަކީ 37 މިލިޔަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ދައުލަތަށް 37 ބިލިއަން ރުފިޔާގެ ކޭޝްފްލޯ ބޭނުންވާނެ ކަމަށެވެ. އެގޮތުން ޖުމްލަ ބަޖެޓު 33.8 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ބަޖެޓަށް ރިކަރަންޓް ހަރަދުގެ ގޮތުގައި 23.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަަރަދުގެ ގޮތުގައި 12.6 ބިލިއަން ރުފިޔާ ބޭނުންވާނެ އެވެ. އަދި ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ގޮތުގައި 500 މިލިއަން ރުފިޔާގެ މާކެއް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.

އަންނަ އަހަރު ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 23.6 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން 13.4 ބިލިއަން ރުފިޔާގެ ފައިނޭންސިން ހޯދަންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން 33.8 ބިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާއިރު އޭގެ ތެރެއިން ރިކަރަންޓް ހަރަދަށް ކަނޑައެޅީ 21 ބިލިއަން ރުފިޔާ އެވެ. އަދި އެކިއެކި މަޝްރޫއުތައް ހިންގަން 10.5 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވެ އެވެ. ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ހަރަދު ކުރަން ލަފާކޮށްފައި ވަނީ 7.1 ބިލިއަން ރުފިޔާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top