މެންޓަލް ހެލްތުގެ ދާއިރާއިން ސްކޮލާޝިޕް ތަކެއް

big_LekR5hHipz7SJrLZbyiBxrE4A.jpg

މެންޓަލް ހެލްތު ދާއިރާއިން މީހުން ބިނާކުރުމުގެ ސްކޮލާޝިޕްތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިފަދަ ފުރުސަތެއް ހުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

46 ސްކޮލާޝިޕަށް ފުރުސަތު ހުޅުވާލާފައިވާއިރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލާޝިޕްތަކަށް ހިނގާ ހުރިހާ ހަރަދެއް ކުރާނީ ސަރުކާރުން ކަމަށެވެ.

އެހެންކަމުން ސްކޮލާޝިޕްތައް ފުރިހަމަ ކުރާ ދަރިވަރު، ދައުލަތުގެ ކޮންމެވެސް މުއައްސަސާއަކުން ކަނޑައަޅާ ތަނެއްގައި ހިދުމަތްކުރުމަށް ޓަކައި ވަނީ އެލޮކޭޓް ކޮށްފައެވެ.

ހަމަ އެއާއެކު އެ ސްކޮލާޝިޕެއް ފުރިހަމަކުރާ ދަރިވަރަކު އެ ސްކޮލާޝިޕެއް އެލޮކޭޓްކޮށްފައިވާ މުއައްސަސާއިން ކަނޑައަޅާ ތަނެއްގައި ވަކި މުއްދަތަކަށް ހިދުމަތް ކުރުމަށް ބޮންޑް ކުރެވޭނެ ކަމަށް ހަޔާ މިނިސްޓްރީން ބުނެއެވެ.

އެގޮތުން މާސްޓާސް އިން އެޑިކްޝަން ސްޓަޑީޒް/ އެޑިކްޝަން މެނޭޖްމަންޓަށް ހުޅުވާލާފައިވާ ފަސް ފުރުސަތު އެލޮކޭޓް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީއަށެވެ.

މާސްޓާސް އިން ލާނިން ޑިސްއެބިލިޓީސްގެ އަށް ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީއަށް އެލޮކޭޓް ކޮށްފައި ވާއިރު، މާސްޓާސް އިން ސައިކިއޭޓްރީގެ ދެ ފުރުސަތު އެލޮކޭޭޓް ކޮށްފައި ވަނީ އައިޖީއެމްއެޗް އަށެވެ.

މީގެ އިތުރުން، މާސްޓާސް އިން ނާސިން (ސައިކިއޭޓްރިކް ނާރސިންގ/ މެންޓަލް ހެލްތް ނާސިންގ) އާއި މާސްޓާސް އިން ކްލިނިކަލް ސައިކޮލޮޖީ އަދި މާސްޓާސް އިން ކައުންސެލިންގ / ސައިކޮތެރަޕީ ގެ ފުރުސަތުތައް އެލޮކޭޓް ކޮށްފައި ވަނީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ ސޯޝަލް ސަރވިސަސް އާއި މިނިސްޓްރީ އޮފް ހެލްތް އަދި އައިޖީއެމްއެޗް އަށެވެ.

ސްކޮލާޝިޕަށް އެދި ހުށަހަޅާ މީހާއަކީ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލު ކޮށްފައިވާ އަދި ގައުމީ ސަނަދުތަކުގެ އޮނިގަނޑު (އެމްއެންކިޔުއެފް) ގައިވާ މާސްޓާސް ފެންވަރުގެ ކޯހެއްގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަވާ މީހަކަށް ވާނެ ޖެހެ އެވެ.

އަދި އެ ދަރިވަރަކު ކޯސް ފުރިހަމަ ކުރުމަށް އެދޭ ޔުނިވާސިޓީގެ ފަރާތުން ކަނޑައަޅާ ކްރައިޓީރިއާ ފުރިހަމަ ވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ކޯހެއްގައި ބައިވެރިވާން އެދެން ޖެހެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top