ބެޑްމިންޓަން ޗެމްޕިއަންގެ މަގާމު، ހުސޭނު 3ފަހަރު ދިފާއު ކޮށްފި

hussain-1024x683.jpg

ކާމިޔާބުގެ ހިނިތުން ވުމާއެކު ހުސެން ،ރައީސް ސޯލިހު އާއެކު

3 ފަހަރު ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިޜަންގެ ފިރިހެން ޗެމްޕިއަން ކަން ހޯދި އޭދަފުށީ ބެޑްމިންޓަން ކުޅުންތެރިޔާގެ ޝަރަފާއެކު ޒުވާން ކުޅުންތެރިޔާ ހުސެން މުހައްމަދު ތާރީޚުން ޖާގަ ހޯދައިފިއެވެ.

ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުން ހުސައިން މޮޅުވެ 3ވަނަ ފަހަރު ޗެމްޕިއަންގެ މަގާމު ކަށަވަރު ކުރީ އޭދަފުށީގެ މުހައްމަދު އިކްރާމާ ވާދާ ކޮށް 21-8 އަދި 21-18 އިން މެޗުތައް ކާމިޔާބު ކޮށްގެންނެވެ.

ހުސެން، ދެވަނަ ޑިވިޝަންގެ ތަށި އެންމެ ފުރަތަމަ ހޯދީ 2016 ވަނަ އަހަރެވެ. 2017 ވަނަ އަހަރުވެސް  އޭނާ ވަނީ ދެވަނަ ޑިވިޝަނުގެ ގައުމީ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ހުސެންގެ މި ކާމިޔާބާއެކު މި މުބާރާތުގައި އޭދަފުށި ތަމްސީލު ކުރި، ”ކްލަބް އޭދަފުށި” ވަނީ ދެވަނަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ތަށި ކްލަބް އޭދަފުށީގެ ޕެއާ ދިފާއުކޮށްފަ އެވެ. މި ފަހަރުގެ ފައިނަލުގައި ހުސައިން މުހައްމަދު އާއި އިކްރާމުގެ ޕެއާ ވަނީ އަހްމަދު ނަދީމު އާއި ނާތިޖު އަލީގެ ޕެއާ ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 18-21، 21-18، 21-13 އިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top