ޖިންސީ ގޯނާކުރުމަކީ ޖިނާއި ބޮޑު ކުށެއްގެ ގޮތުގައި މަޖިލީހުން ފާސްކޮށްފި.

b_HhmmV33ZKgTvYmvAQRGZ6USEs.jpeg

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --ފޮޓޯ :މަޖިލިސް އިދާރާ

ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ނިމިދިޔަ ހަފްތާގައި ފާސްކުރިއިރު ބޮޑެތި ކުށްތައް ހިމެނޭ މާއްދާއަށް ވަނީ ބޮޑެތި އިސްލާހު ތަކެއް ގެނެސްފަ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ބޭނުމަށްޓަކައި ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި 11 ކުށެއް އެ ގާނޫނުުގައި މިހާރު ހިމަނާފައިވެއެވެ. ނަމަވެސް އެ ކުށްތަކުގެ ތެރޭގައި ޖިންސީ ގޯނާ ކުރުން ނުވަތަ ރޭޕް ކުރުން ހިމެނިފައެއް ނުވެއެވެ.

މި މައްސަލަ ދިރާސާ ކުރިއިރު ކޮމެޓީން ވަނީ ބައެއް ބަދަލުތައް ބިލަށް ގެނެސްފައެވެ. ގާނޫނު ތަންފީޒުކުރަމުންދާ އިދާރާއަކުން ތަހުގީގުކުރަމުންދާ ޖިނާއީ ކުށަކާއި ގުޅިގެން އާންމު ތަނަކަށް ވަންނަން ޖެހިއްޖެނަމަ، ކޯޓު އަމުރަކާއި ނުލާއި ވެސް އެތަނަކަށް ވަނުމުގެ ބާރު ދީފައިވާއިރު ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ އެ ނިންމުން ކޮންމެ 30 ދުވަހަކު މުރާޖާކުރަން ޖެހެއެވެ.

އޭގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ޒާތީ މުއާމަލާތު ކޯޓު އަމުރެއްގެ ދަށުނއަޑުއެހުމުގެ އިހުތިޔާރު ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ދޭންވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުން ޖިނާއީ ބޮޑު ކުށަކަށް ހެދުމަށް ފާސްކުރިއިރު ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައެއްގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލި މައްސަލަ ވަނީ ފެންމަތިވެފައެވެ. އެކަމުގައި އާއްމު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްއިރު އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން އަންނަނީ ބަލަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top