ދަރަވަންދޫ ސިއްހީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފަށައިފި

Gy-H7_ZbsAAps8f-rao1mc6ekc0s2ewugrmsozrwb711lvu9i77uitovbo.jpg

ބ. ދަރަވަންދޫ ސިއްހީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް މިއަދު ފަށައިފި އެވެ.

ޑައިލިސިސް ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދަރަވަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.

ދަރަވަންދޫ ސިއްހީ މަރުކަޒުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށާފައި ވަނީ ދެ އެނދުގެ ޔުނިޓަކާއެކުގައެވެ. މިއާއެކު، އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ދަރަވަންދޫ ސިއްހީ މަރުކަޒުގައި މިހާރު ހުންނަވާނޭކަމަށް ހެލްތު މިނިސްތްރީން ހާމަކުރި އެވެ.

ހެލްތް މިނިސްޓްރީން ބުނިގޮތުގައި އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޑައިލިސިސްގެ ޚިދުމަތް ހޯދުމަށް މާލެއަށް ދަތުރުކުރަން ޖެހުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާތީ، މި އަހަރުގެ ތެރޭގައި އިތުރު ސަރަހައްދުތަކުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން ވަނީ ރާވާފައެވެ. މި ގޮތުން ޑައިލިސިސްގެ ފަރުވާ ބޭނުންވާ މީހުން ގިނަ ހިސާބުތައް ދެނެގަނެ، އެ ސަރަހައްދުތަކުގައި އިސްކަންދީގެން މި ޚިދުމަތް ގާއިމްކުރުމަށް ހަމަޖެހިއިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި މިހާރު ޑައިލިސިސްގެ ޚިދުމަތް ނުފެށި އޮތީ އދ. އަތޮޅާއި ވ. އަތޮޅާއި ފ. އަތޮޅުގެ އިތުރުން ދ. އަތޮޅުގަ އެވެ.

ޑައިލިސިސްގެ ޚިދުމަތަކަކީ ކިޑްނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީގެ ފަންކްޝަން ވަކިވަރަކަށް ވުރެ ދަށްވުމުން ކޮންމެ ހަފްތާއަކު ދެދުވަހު ނުވަތަ ތިން ދުވަހު މެޝިންގެ އެހީގައި ހޯދާ ޚިދުމަތެކެވެ. ޑައިލިސިސް ހެދުމަށް ކޮންމެ ދުވަހަކު ހަތަރުގަޑިއިރު ހޭދަވެ އެވެ.

ދަރަވަންދޫގައި މި ޚިދުމަތް ފެށުމާއެކު، އެ ރަށާއި ކައިރި ރަށްރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޑައިލިސިސްގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ސިއްޙީ ދާއިރާގެ މަސްއޫލުވެރިން ފާހަގަކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top