ގައުމީ ޤުރުއާން މުބާރާތުގެ ސްކޫލްތަކުގެ ބައިން ޔުމްނާ އާތިފް 1ވަނަ ހޯދައިފި

70582625_3161191333907395_8469445606702579712_n.jpg

ބ.އަތޮޅުގައި ބާއްވަމުން އަންނަ އެކިއެކި ޤުރުއާން މުބާރާތުގައި އެންމެ ވިދާ ތަރިއަކީ ޔުމްނާ އާތިފް ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި ޔުމްނާ ވަނީ މި ރޮނގުން ގިނަ ކާމިޔާބު ތަކެއް ހޯދާފައެވެ. އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ބާއްވާ ޤުރުއާން މުބާރާތްތަކުން ކޮންމެ އަހަރަކުވެސް ޔުމްނާ ވަނީ އޭނާ ބައިވެރިވާ ކޮންމެ ކެޓަގަރީއަކުންވެސް 1ވަނަ ނުވަތަ 2ވަނަ ކަށަވަރު ކޮށްފައެވެ.

މި ފަހަރު ޔުމްނާގެ ނަން ވިދާލާފައިވަނީ ގައުމީ ޤުރުއާން މުބާރާތުންނެވެ.

33ވަނަ ގައުމީ ޤުރުއާން މުބާރާތުގައި ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12އިގާ ކިޔަވަމުން އަންނަ  އުމުރުން 17އަހަރުގެ ޔުމްނާ އާތިފް، ވަނީ ސްކޫލުކުދިންގެ ބައިން އެއްވަނަ ހޯދާފައެވެ. އޭނާ އެއްވަނަ ހޯދާފައިވަނީ ސްކޫލު ކުދިންގެ ބައިން ކީ ސްޓޭޖް 5ގެ ހިތުން ކިޔެވުމުގެ ބައިންނެވެ.

ޖުމްލަ 1273 ބައިވެރިން ވާދަކުރި މިއަހަރުގެ ގައުމީ ގުރުއާން މުބާރާތް ބަހާފައި ވަނީ ތިން ކެޓަގަރީއަކަށެވެ. އެއީ އާންމު ބަޔާއި ސްކޫލު ކުދިންގެ ބައި އަދި ހާފިޒުންގެ ބައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top