އޭދަފުށީ ކޯޓުގެ މެޖިސްޓްރޭޓް, އުއްމު ކުލްސޫމްގެ ސުލޫކީ މައްސަލައެއް .

DSC_4880webslide.jpg

ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސޫމް އަބޫބަކުރުގެ ސުލޫކީ މައްސަލައެއް ބަލަމުން ދާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން މިއަދު ބުނީ ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދެ މައްސަލައެއް, އެ ކޯޓުގެ މެޖިސްޓްރޭޓް ބައްލަވަމުން ގެންދަވަނިކޮށް, މެޖިސްޓްރޭޓް އުއްމުކުލްސޫމް އަބޫބަކުރު، ދަރަވަންދޫ މެޖިސްޓްރޭޓްގެ ކިބައިން އެ ދެ މައްސަލަ ވަކިކުރެއްވި ކަމަށެވެ. އަދި އެ ދެ މައްސަލަ ބެލުމާއި މެޖިސްޓްރޭޓް އުއްމުކުލްސޫމް ހަވާލުވެވަޑައިގަތުމުގައި ފަނޑިޔާރުންގެ ސުލޫކަށް އަސަރުކޮށްފާނެ ފަދަ ކަންތައްތަކެއް ކުރައްވާފައިވާކަން ފާހަގަކުރެވޭކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

އެ ގޮތުން މި މައްސަލަ ބަލަން ތަހުގީގު ކޮމިޓީން ނިންމުމާއި ގުޅިގެން އެކަން ބެލުމަށް ކޮމިޓީއެއް އެކުލަވައިލުމަށް މިއަދު ބޭއްވި މި އަހަރުގެ 71 ވަނަ ބައްދަލުވުމުގައި ނިންމާފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top