ލަންކާއިން ބައިލައްކަ ރުއް ގެންނަނީ

asd.jpg

ރާއްޖޭގެ އެގްރިކަލްޗާ މިނިސްޓަރު އަދި ސްރީލަންކާގެ ޕްލާންޓޭޝަން މިނިސްޓަރު:

ސްރީލަންކާއިން ރާއްޖެއަށް ބައިލައްކަ ރުއް ގެންނަން ނިންމައިފި އެެވެ.

ލަންކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ ކޮކޮނަޓް ރިސާޗް އިންސްޓިޓިއުޓް (ސީއާރުއައި) އިން ހައްދާ ހައިބްރިޑް ރުއްތަކެއް ރާއްޖެ އަށް ލިބޭނެ ގޮތް ހަދައި ދިނުމަށް އެދިވަޑައިގެންނެވީ އެގްރިކަލްޗާ މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަން އެވެ.

މިދިޔަ ހަފުތާގައި ރާއްޖޭގެ ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ލަންކާ އަށް ކުރެއްވި ދަތުރުގައި އެކަމާ ގުޅޭ ގޮތުން ލަންކާގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވާފައިވެ އެވެ.

ލަންކާގެ އިންޑަަސްޓްރީ އެންޑް ޕްލާންޓޭޝަން މިނިސްޓަރު ރަމޭޝް ޕަތިރަނާ ވިދާޅުވީ ސީއާރުއައިއާ ކޮކޮނެޓް ކަލްޓިވޭޝަން ބޯޑާ ގުޅިގެން އެކަމަށް އެހީތެރިވެދޭނެ ކަމަށެވެ.

މިހާރު ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ އެެއް ކަމަކީ ރުއްތަކަށް ޖެހެމުންދާ ބަލިތަކެވެ. އެހެންވެ ރުށްތައް މަރުވެ އަދި އެކަށީގެންވާ ވަރަށް ކާށި ވެސް ނުލިބޭތީ ކާށީގެ އަގު ވެސް ވަނީ ބޮޑުވެފައެވެ.

އެހެންވެ މިދިޔަ މަހު އިންޑިއާގެ ކެރެލާއިން 5000 ރުއް ރާއްޖެ ގެނައެވެ. އަދި އެ ރުއްތަކުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު އެ ރުއްތައް މިހާރު ވަނީ އިންދާފައެވެ.

ފިޝަރީޒް މިނިސްޓަރު ދާދި ފަހުން ވިދާޅުވީ މަޑިއެއްގެ ސަބަބުން ރުކަށް ބަލި ޖެހޭ ކަމަށާއި އޭގެ ސަބަބުން މަޑި ޅަ ބޮންތި ކާ ކަމަށެވެ. މީގެ ސަބަބުން ފަނަށް ގެއްލުންތައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top