ރޯދަމަސް ފެށޭއިރު އޭދަފުއްޓާ، މާޅޮސް އަދި ގޮއިދޫއަށް ހާފިޒުން ގެނެވޭގޮތެއްނުވި!

DSCN2726.jpg

ރަމަޟާންމަހު ތަރާވީހް ނަމާދާއި، ދަމު ނަމާދު ކުރުމަށް މިއަތޮޅު ގޮއިދޫއާ، މާޅޮސް އަދި އޭދަފުއްޓަށް ގެންނަން ހަމަޖެހުނު ހާފިޒުން ގެނައުމުގައި ދަތިތަކެއް ކުރިމަތިވެއްޖެއެވެ.

ތިންރަށުގެ ކަމާބެހޭ އޮފިޝަލުން އީވީއަށް މައުލޫމާތު ދެމުން ވިދާޅުވީ މިމައްސަލަ ދިމާވާން މެދުވެރިވީ ދާދިފަހުން ލަންކާގައި ބޮންގޮއްވި ހާދިސާއާ ގުޅިގެން ވިސާ ހޯދުމަށް ދިމާވި ދަތިތަކާ ހުރެ ކަމަށެވެ. މާޅޮހު ކައުންސިލާ، ގޮއިދޫ ކައުންސިލުން ހާފިޒުން ގެންނަން ހަމަޖެއްސީ ލަންކާއިންނެވެ. ނަމަވެސް އޭދަފުށީގައި ކޮންމެ އަހަރަކުވެސް އަމިއްލަ ފަރާތަކުން ހާފިޒުން ގެންނަ މޫސާ މުހައްމަދު އާއިލާއިން ބުނީ އޭދަފުއްޓަށް މިއަހަރު ގެންނަން ނިންމީ ޕާކިސްތާނު ހާފިޒެއްކަމަށެވެ.

ގޮއިދޫ ކައުންސިލްގެ އޮފިޝަލް އީވީއަށް ވިދާޅުވީ މިދިޔަ 3 އަހަރުވެސް އެރަށުގައި އިމާމްވެ ތަރާވީހް ނަމާދުކުރީ ލަންކާ ހާފިޒެއްކަމަށާ، މިއަހަރުވެސް އެހާފިޒު ގެނައުމަށް ދުރާލާ މަސައްކަތް ކުރިކަމަށެވެ. އޭނާ ވިދާޅުވީ މައުލޫމާތު ލިބޭގޮތުން ރަމަޟާންމަހުގެ ކުރީކޮޅު ލަންކާ ހާފިޒު ގޮއިދުއަށް ގެނެވޭނެއެވެ.

މާޅޮހު ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ސައީދު ވިދާޅުވީ ލަންކާއިން ގެންނަ ހާފިޒް ގަނައުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުން އަންނަކަމަށެވެ. އަދި ހަމަޖެހިފައިވާ ގޮތައް ކަންކަން ދާނަމަ ރަމަޟާންމަހުގެ 3 ވަނަ ދުވަހު އެރަށަށް ހާފިޒު ގެނެވޭވަރުވާނޭކަމަށެވެ.

ހާފިޒު ނުގެނެވުމުގެ ސަބަބުން އޭދަފުށީގައި މިރޭ ތަރާވީހް ނަމާދު ކުރާނީ މިސްކިތު އިމާމު ކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ. އަމިއްލަ ފަރާތެއްކަމުގައި މޫސާ މުހައްމަދު އާއިލާއިން ކޮންމެ އަހަރަކުވެސް އޭދަފުއްޓަށް ހާފިޒެއް ގެނެއެވެ. އެއާއިލާއިން ވާހަކަދެއްވި އަހްމަދު އާޒިމް ބުނީ ޕާކިސްތާނު ހާފިޒް ގެނައުމުގެ ކަންކަން އަދިވެސް ކުރަމުން އަންނަކަމަށެވެ. އަދި އުއްމީދަކީ ވަރަށް އަވަހަށް އޭނާ ރާއްޖެ ގެނައުންކަމަށްވެސް އާޒިމް ބުންޏެވެ.

ރަމަޟާންމަހުގެ ތަރާވީހް ނަމާދާއި، ދަމު ނަމާދު ކުރުމަށްޓަކައި ފަހަކަށް އައިސް ބ. އަތޮޅުގެ ގިނަ ރަށްރަށުން ކައުންސިލް ހަރަދުގައާއި، އަމިއްލަ މީހުންގެ އެހީގައި ބޭރުގެ ހާފިޒުން ގެނެއެވެ. ނަމަވެސް ހާފިޒުން ގެނައުމުގެ މީގެކުރިން މިފަދަ ބޮޑު މައްސަލައެއް ދިމާވެފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top