ދެންއޮތީ ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރުން: ރައީސް

big_TQtHyEgDOC5jj4a1oHJXwFusU.jpg

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ،  އަންނަ މައި މަހުން ފެށިގެން ބޮޑުކުރަން ނިންމާފައިވާ އިރު ދެން އޮތީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިކަން ހާމަކުރެއްވީ މިއަދު ހެނދުނު ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވެވުމަށްފަހު, ށ.ކޮމަންޑުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވަނީ ތައުލީމީ ލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ އެމްޑީޕީ ސަރުކާރުގެ ވައުދެއްކަން ފާހަގަކުރައްވައި، އަންނަ މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގައި މަސައކްތަކުރާ އެންމެންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ.

އެ ވާހަކައިގެ އިތުރު ތަފްސީލަށް ވަޑައިގަންނަވަމުން ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ހަމަ އެ ގޮތަށް 21,000 ރުފިޔާ ލިބޭ ޕްރިންސިޕަލަކަށް މި ބަަދަލާއެކީ 32,000 ރުފިޔާ ލިބޭނެ ކަމަށާއި, 14,000 ރުފިޔާ ލިބޭ ޕްރިންސިޕަލަކަށް 28,000 ރުފިޔާ އިތުރުވެގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ތަޢުލީމީ ދާއިރާގެ މުސާރަ ބޮޑުކުރުމަށްފަހުގައި, ދެން ކުރައްވަން ނިންމަވާފައި އޮތީ ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރުން ކަމަށެވެ.

“ތަޢުލީމީ ދާއިރާގެ މުސާރަ ބޮޑުކުރުމަށްފަހުގައި, ދެން އަޅުގަނޑުމެން ކުރަން ނިންމާފަ އޮތީ ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރުން. ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޕްރޮފެޝަނަލުންގެ މުސާރަ ބޮޑުކުރަން. އަޅުގަނޑު ނިންމައިގެން މިހުރީ މިއަށްފަހުގަ މިކަމުގެ ދިރާސާކޮށް އެކަމާ ބެހޭ ގޮތުން ނިންމަންޖެހޭ ކަންތައްތައް މި އަހަރުގެ ތެރޭގައި ނިންމާ އަޅުގަނޑުމެން އެ މަސައްކަތް ކުރަން.” ރައީސް ވިދާޅުވިއެވެ.

އެ ގޮތުން ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކުރުމަށް ހެދި ފަދަ ދިރާސާއެއް ހަދާނެކަމަށް ރައީސް  ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top