ބ.އަތޮޅު ހަތް ރަށުގައި ފުޓްސަލް ދަނޑު އެޅުމަށް ބޭނުންވާ ސާމާނު ފޮނުވައިފި

l_152949717655v19H.jpg

ހަތް ރަށުގައި ފުޓްސަލް ދަނޑުތައް އެޅުމަށް ބޭނުންވާ ސާމާނު ދަރަވަންދޫގައި --- ފޮޓޯ/ އޭޕީ

ބ.އަތޮޅު ހަތް ރަށުގައި އަޅާ ފުޓްސަލް ދަނޑުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު މިއަދު ދަރަވަންދޫ އަށް ފޮނުވައިފިއެވެ.

އެފް އޭ އެމް އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި ދަނޑުތައް އަޅަނީ ދަރަވަންދޫ، ކެންދޫ، ކުޑަރިކިލު، މާޅޮސް، ގޮއިދޫގެ އިތުރުން ހިތާދުއާއި ކަމަދޫގައެވެ.

ޔޫތު މިނިސްޓްރީން މީޑިއާ އަށް މައުލޫމާތު ދީފައިވާ ގޮތުގައި މިހާރު ކުރިއަށް ދަނީ ދަރަވަންދޫގައި ހުރި ސާމާނުތައް އެކި ރަށްރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތެވެ.

ޔޫތު މިނިސްޓްރީން އެމްއާރުޑީސީއާ ކުރިން ހަވާލުކުރި 67 ފުޓްސަލް ދަނޑުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައި އޮތުމުން ދާދި ފަހުން ވަނީ އެ މަސައްކަތް ހައުސިން މިނިސްޓްރީ އާއި އެފްއޭއެމްއާ ހަވާލުކޮށް ބާރު ސްޕީޑުގައި ކުރިއަށް ގެންދަން މަސައްކަތް ފަށައިފައެވެ.

ޔޫތު މިނިސްޓްރީން ބުނީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ދަނޑުތައް ނިންމާނެ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top