ދައުލަތުގެ އާމްދަަނީ ދަށްވެ އިމްޕޯޓާއި އެކްސްޕޯޓްވެސް ދަށަށް!

1509000227.jpg

ދައުލަތުގެ އާމްދަނީ ދަށްވެ އިމްޕޯޓާއި އެކްސްޕޯޓްވެސް ދަށަށް ހިނގައްޖެކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދިވެހިރާއްޖެއަށް 4.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، މިއަހަރުގެ ނޮވެމްބަރު މަހު މި އަދަދު ވަނީ 2.1 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ވޭތުވެދިޔަ ނޮވެމްބަރު މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލާއި އެކްސްޕޯޓް ކުރެވުނު މުދާ އަދި ކަސްޓަމްސްއަށް ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު، 2019 ވަނަ އަހަރުގެ ނޮވެމްބްރު މަހު 303 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ނޮވެމްބަރު މަހު މި އަދަދު ވަނީ 204 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ފާއިތުވި އަހަރުގެ ނޮވެމްބަރާއި އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހު އެކްސްޕޯޓް ކުރެވުނު މުދާ (އެފްއޯބީ) ގެ އަގު ވަނީ %46 ދަށްވެފައެވެ.

އިމްޕޯޓް ކުރެވުނު މުދާ (ސީއައިއެފްއަގު) ފާއިތުވި އަހަރުގެ ނޮވެމްބަރާއި އަޅާބަލާއިރު %52 ވަނީ ދަށްވެފައެވެ.

މީގެ އިތުރުން ފާއިތުވި ނޮވެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ 2019 ވަނަ އަހަރު ނޮވެމްބަރު މަހާއި އަޅާބަލާއިރު 33 އިންސައްތަ ވަނީ ދަށްވެފައެވެ.

އަގުގެ ގޮތުން އެންމެ ގިނައިން އެކްސްޕޯޓް ކުރި ފަސް ގައުމުގެ ތެރޭގައި ހިމެނެނީ ފަރަންސޭސި ވިލާތް %17، ތައިލެންޑް %16، އިޓަލީވިލާތް %10، އެމެރިކާ%9 އަދި ޖަރުމަން ވިލާތް %9 އެވެ. އަގުގެ ގޮތުން އެންމެ ގިނައިން އިމްޕޯޓްކުރި ފަސް ގައުމުގެ ތެރޭގައި ހިމެނެނީ ޗައިނާ %13، ސިންގަޕޫރު %12، އިންޑިއާ %11، ޔޫއޭއީ %11 އަދި އޮމާން %10 އެވެ.

ވޭތުވެދިޔަ ނޮވެމްބަރު މަހު ޕްރޮސެސް ކުރެވުނު ޑިކްލަރޭޝަން އަދި ކްލިއަރެންސް ދެވިފައިވާ އުޅަނދުފަހަރުތަކުގެ ތަފާސް ހިސާބަށް ބަލާއިރު 2019 ވަނަ އަހަރު ޕްރޮސެސް ކުރެވިފައިވާ ޑިކްލަރޭޝަންގެ ޖުމްލަ އަދަދަކީ 20،729 އެވެ. 2020 ވަނަ އަހަރު ޕްރޮސެސް ކުރެވުނު ޑިކްލަރޭޝަން ޖުމްލަ އަދަދަކީ 12،386 އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top