މެންދޫ ސަރަހައްދު ރައްކާތެރި ކުރުމާބެހޭ ޕްލޭނެއް އެކުލަވާލައިފި

23098981_207375693136826_3583183690546544640_n.jpg

މެންދޫ -ފޮޓޯ /އިޔާޒް ފޮޓޮގްރަފީ

ބ. އަތޮޅުގައި ހިމާޔަތް ކޮށްފައިވާ ތަންތަނުގެ ތެރޭގައި ހިމެނޭ ބ.މެންދޫ ސަރަޙައްދު ރައްކާތެރިކޮށް ބެލެހެއްޓުމުގެ މެނޭޖްމަންޓް ޕްލޭނެއް ތިމާވެއްޓާބެހޭ މިނިސްޓްރީން އެކުލަވާލައި މިއަދު އެ ޕްލޭން އާއްމުކޮށްފި އެވެ.

ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި މެނޭޖްމަންޓް ޕްލޭންގައި ވާގޮތުން އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކުން ފީއެއް ނަގައި އެ ފައިސާ ބ. އަތޮޅު ކޮންޒަވޭޝަން ފަންޑަށް ޖަމާކުރެވޭނެ އެވެ. މި ފައިސާ ބޭނުންކުރަން ހަމަޖެހިފައިވަނީ ހިމާޔަތްކޮށްފައިވާ ސަރަޙައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށާއި، މުޖްތަމައުގެ އާންމު މަންފާއަށް ބ. އަތޮޅުގައި ހިންގޭ އެކިއެކި މަޝްރޫއު ތަކަށް ކަމަށް މިނިސްޓްރީ އިން ބުނެއެވެ.

އަދި މި ސަރަޙައްދަށް ޒިޔާރަތްކުރެވޭނެ ވަގުތު ތަކާ ގިނަވެގެން މި ސަރަޙައްދުގައި ހަރަކާތްތެރިވެވޭނެ މީހުންގެ އަދަދާ މި ސަރަޙައްދުގައި މީހުން ހަރަކާތްތެރިވުމުގައި އަމަލުތައް ބަހައްޓަންޖެހޭ ގޮތްތައްވެސް ބުނެފައިވެއެވެ.

މެންދޫ ސަރަހައްދުގައި ހިމެނެނީ މެންދޫގެ އިތުރުން އެރަށުގެ ވަށައިގެންވާ ފަރާއި މެންދޫ ބިންމަތީފަރާއި ކަނބުރުފަރު އަދި ނިބިލިގާ (ފިނޮޅު) އާއި ނިބިލިގާ ވަށައިގެންވާ ފަރާއި މި ރަށްތަކުގެ ފަރުގެ ނުވަތަ މި ފަރުތަކުގެ އުރަފަށުން ފެށިގެން 111 މީޓަރގެ ސަރަހައްދެކެވެ.

މިއީ ޔުނެސްކޯ ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގެ ކޯއޭރިއާ ގެ ގޮތުގައިވެސް ހިމެނޭ ސަރަހައްދެކެވެ.

މި ސަރަހައްދަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ފަރުތަކަކާއި ހިމާޔަތްކޮށްފައިވާ ދޫންޏާއި ވެލާ ބިސްއަޅާ އާލާވާ ސަރަޙައްދެއްވެސް މެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top