ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގެ ހުއްދަ ދީފި

ކައުންސިލް.jpg

އޭދަފުށީ ކައުންސިލް އިދާރާ

ކައުންސިލްގެ އިދާރާތަކުގެ އިދާރީ އޮނިގަނޑުގައި ހުރި ހުސް މަގާމުތަކަށް މުވައްޒަފުން ނެގުމާއި އިދާރާތަކަށް އާ މަގާމު އުފައްދައިދިނުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް އަންގާފައިވާ އެންގުން އުވާލައި މަގާމުތަކަށް މުވައްޒަފުން ނެގުމުގެ ހުއްދަ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އަލުން ދީފި އެވެ.

ކައުންސިލްތަކުގެ އޮނިގަނޑުގައި ހުރި ހުސް މަގާމުތަކަށް މުވައްޒަފުން ނެގުމާއި އާ މަގާމުތައް އުފެއްދުން މެދުކަނޑާލުމަށް ސީއެސްސީން އެންގީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ކައުންސިލްގެ އިދާރާތަކުގެ އެކްޓިން ސެކްރެޓަރީ ޖެނެރަލުންނާއި ޒިންމާދާރުވެރިންނަށް ސީއެސްސީގެ ޑިރެކްޓަރު ޖެނެރަލް އަބްދުﷲ ސައީދު ސޮއިކުރައްވައި މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، މުވައްޒަފުން ނެގުމާއި އާ މަގާމު އުފެއްދުން މެދުކަނޑާލަން އެންގި އެންގުން ނިމުމަކަށް ގެނެސްފައިވާ މަށެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީން ހޯދަން ޖެހޭ ހުއްދަ އާއި ފިނޭންސް މިނިސްޓްރީން ހޯދަންޖެހޭ ހުއްދަ ހޯދުމަށް ފަހު ކައުންސިލް އިދާރާތަކުގެ ހުސް މަގާމުތަކަށް މީހުން ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދެވޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ އަންގައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top