ތާޒާ ފެނުގައި މައްސަލަ؟! ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގައިފި

TaZa_Mineral_Water.jpg

ރާއްޖޭގައި އުފައްދާ "ތާޒާ "ފެން

ފެނުގައި އާންމުކޮށް ހުންނަން ނުޖެހޭ ކަހަލަ ވަހެއް ތާޒާ ފެންފުޅީގެ ދެ ބެޗެއްގައި ހުރުމުން އެ ފެންފުޅިތައް ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަނގައިފި އެވެ.

އެމްއެފްޑީއޭއިން އިއްޔެ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފަސް ލީޓަރުގެ 1465 އަދި 1466 ބެޗުގެ ތާޒާ ފުޅިން އާންމުކޮށް ހުންނަން ނުޖެހޭ ކަހަލަ ވަހެއް ހުރުމާއި ގުޅިގެން އޭގެ ރައްކާތެރިކަން ހުރީ ކިހާ މިންވަރަކަށްތޯ ބެލުމުގެ މަސައްކަތް އެއޮޓޯރިޓީން ކުރަމުން ގެންދާ ކަމަށާއި މިކަން ދެނެގަތުމަށްޓަކައި ތަހުލީލުކުރަމުން ދާކަމަށެވެ. އަދި މިކަމާބެހޭ މައުލޫމާތު ލިބެމުންދާވަރަކަށް އާއްމުންނާ ހިއްސާކުރާނެކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން އެ ދެ ބެޗުގެ ފެންފުޅި ނުވިއްކުމަށާއި އަދި އެ ފެން ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top