ބ. ހިތާދޫއާ، ކެންދުއަށް 20 ޓަނުގެ ފެން ފޯރުކޮށްދީފި

HITaDu.jpg

ބ. ހިތާދޫ. ބޯފެނަށް ޖެހުމުގެ ސަބަބުން ސަރުކާރުން ވަނީ އެރަށަށް ފެން ފޯރުކޮށްދީފައި / އީވީ ފައިލް ފޮޓޯ

ބޯފެނަށް ޖެހިފައިވާ ބ. އަތޮޅުގެ 2 ރަށް ކަމުގައިވާ ބ. ހިތާދުއާ، ކެންދުއަށް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ޕްލާންޓް ފެން ފޯރުކޮށްދީފިއެވެ.

އެގޮތުން ހިތާދުއަށް ޕްލާންޓްފެން ފޯރުކޮށްދީ، އެރަށުގެ ރައްޔިތުންގެ ތާނގީތަކަށް ފެން އަޅާދީފައިވަނީ މިދިޔަ ހަފްތާތެރޭގައިކަމަށް ހިތާދޫ ކައުންސިލުން ބުނެއެވެ. ހިތާދޫ ކައުންސިލުން ބުނީ 20 ޓަނު ނުވަތަ 20000 ލިޓަރުގެ ބޯފެން ފެނަކައިން ފޮނުވި ބޯޓަކުން އެރަށަށް ލިބިފައިވާކަމަށާ، ހުޅަނގު މޫސުން އަންނަންދެން މިފެނުން ވާނެކަމަށް ލަފާކުރެވޭކަމުގައެވެ.

ކެންދުއަށްވެސް ފެނަކައިން ޕްލާންޓްފެން ފޯރުކޮށްދިނީ މިދިޔަހަފްތާ މާލެއިން ބޯޓެއްގައި ފޮނުވައިގެންނެވެ. ކެންދޫ ކައުންސިލުން ބުނީ އެރަށަށްވެސް 20000 ލިޓަރުގެ ޕްލާންޓްފެން ލިބިފައިވާކަމަށާ، ފެންތައް ރައްޔިތުންގެ ތާނގީތަކުގައި ރައްކާކުރެވިފައިވާކަމަށެވެ. ނަމަވެސް އަދި އިތުރަށް ފެނަށް ޖެހުމުގެ ފުރުސަތު އެބައޮތްކަމަށް ކެންދޫ ކައުންސިލުން ބުންޏެވެ.

“މިދިޔަ އަހަރުވެސް 1 ފަހަރުން ނުވެގެން 2 ފަހަރަކު ގެންނަންޖެހުނު. މިއަހަރުވެސް އަޅުގަނޑަށް ލަފާކުރެވެނީ ގެންނަން ޖެހިދާނެކަމަށް” ކައުންސިލްގެ ރައީސް ޣައްފާރު ވިދާޅުވިއެވެ.

ބޯފެނަަށްޖެހުމުގެ ސަބަބުން ފަހަކަށް އައިސް ބ. އަތޮޅުގެ ގިނަ ރަށްރަށަށް ސަރުކާރުން ކޮންމެ އަހަރަކުވެސް އިރުވައި މޫސުމުގެ ތެރޭގައި ބޯފެން ފޯރުކޮށްދީފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top