ސުޕަރ ސްޕެޝަލިޓީ އައިކޭމްޕެއް އޭދަފުށީގައި

17016748_978457575617707_1739035651371243509_o-800x1110-800x1110-1.jpg

ލޮލުގެ ބަލިތަކަށް ޚާއްސަ ކޮށްގެން އައިކޭމްޕެއް ބޭއްވުމަށް އޭދަފުށީ މެޑިކަލް ސެންޓަރުން ނިންމައިފިއެވެ.

މި އައިކޭމްޕް ކުރިއަށްދާނީ މިމަހުގެ 11 އަދި 12 ވަނަ ދުވަހުއެވެ. މިކޭމްޕްގައި ލޮލުގެ ބަލިތަކަށް ފަރުވާ ދެއްވާނީ އިންޑިއާގެ ކެރެލާ ސްޓޭޓްގެ ލޮލުގެ ސްޕަރސްޕަޝަލިސްޓެއް ކަމުގައިވާ ޑރ ޑެވިން ޕްރަބާކަރަން އެވެ. ޑރ ދެވިން ޕްރަބާކަރަންއަކީ 2015 ވަނައަހަރު ކެރެލާ ސްޓޭޓްގެ ބެސްޓް ޑޮކްޓަރ އެވޯޑް ލިބިފައިވާ މޮޅު ޑޮކްޓަރެކެވެ.

މިކޭމްޕްގައި ލޮލުގެ ހުރިހާ ބަލިތަކަށް ފަރުވާދިނުމާއި އައިނު ހައްދައިދިނުމުގެ ޚިދުމަތްވެސް ދެވޭނެއެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުގެ އިސް އޮފިޝަލަކު ވިދާޅުވީ މިކޭމްޕަކީ މާލޭގައި ހިންގާ މޯލްޑިކެއާ އާއި އޭދަފުށީ މެޑިކަލް ސެންޓަރު ގުޅިގެން ހިންގާ ކޭމްޕެއް ކަމަށެވެ. އަދި މިކޭމްޕް އޭދަފުށީގައި ބޭއްވުމަށް ނިންމެވީ ރައްޔިތުންނާ ވީހާވެސް ކައިރިން މިހިދުމަތް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ.

” މިއީ އަޅުގަނޑު ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެއް، މިފަހަރު މިބާއްވަނީ ލޮލުގެ ބަލިތަކަށް ޚާއްސަ ކޭމްޕެއް، މިއީ މިއަތޮޅުގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް ވީހާވެސް ކައިރިން ފޯރުކޮށް ދިނުމުގެ މަގްސަދުގައި ކުރާކަމެއް ” އޮފިޝަލް ވިދާޅުވިއެވެ.

އަންނަ ސްކޫލް ބަންދާ ދިމާކޮށް ކަށީގެ ބަލިތަކަށް ޚާއްސަ ކޮށްގެން ކޭމްޕެއް ބޭއްވުމަށްވެސް ވަނީ އެސެންޓަރުން އިއުލާނު ކޮށްފައެވެ. އެކޭމްޕްގައި ފަރުވާދެއްވާނީ މިވަގުތު ރާއްޖޭގައި ހުންނެވި ކަށީގެ ބަލިތަކަށް އެންމެމޮޅު އެއް ޑޮކްޓަރ ކަމުގައިވާ ޑޮކްޓަރ ޝާންއެވެ.

ހަބަރު: އޭދަފުށީ މެޑިކަލް ސެންޓަރ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top