އޭދަފުށިން ކޮވިޑްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 6އަށް

DSCN9143.jpg

އޭދަފުށި

ބ.އޭދަފުށިން އިއްޔެ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނުނު ފަހުން މިހާތަނަށް ކޮވިޑް-19 އަށް 6 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އޭދަފުށިން އިއްޔެ ޕޮޒިޓިވްވެފައިވަނީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ އަންހެނެކެވެ.

އަތޮޅު ހޮސްޕިޓަލުން ބުނީ ފައްސިވީ މީހާއާ ކޮންޓެކެޓްވެފައިވާ މީހުން ހޯދައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ގެއިން ނިކުމެ ނޫޅެން އަންގާފައިވާއިރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 9 އަކުން ފެށިގެން ދަށް ގްރޭޑް ތަކުގެ ދަރިވަރުން ސްކޫލަށް ނުގެންދަން ވަނީ ވެސް އަންގައިފައެވެ.

ރަށުތެރޭގައި ކޮވިޑް ފެތުރުމުގެ ބިރު މިހާރު އޮތްއިރު ވަކި ތަރުތީބެއް ނެތި ރެންޑަމް ސާމްޕަލް ނެގުން މިއަދު ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

އޭދަފުށިން ކޮވިޑް ފެނުމާ ގުޅިގެން ޒަރޫރީ ބޭނުންތަކަށް ނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި ބަލިން ރައްކާތެރިވުމަށް ހުރިހާ އެންމެންވެސް ފަރުދީ ޒިންމާ އަދާކޮށް، އެޗްޕީއޭގެ ގައިޑްލައިނަށް ފުރިހަމައަށް ޢަމަލު ކުރުމަށް ހުރިހާ ރައްޔިތުންނަށް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

އޭދަފުށިން މިހާރު މޮނީޓަރިންގައި އޮތްއިރު އަވައްޓެރި މާޅޮހުން ދެ ފަތުރުވެރިއަކު ފައްސިވެ އެރަށް ވެސް އޮތީ ކަރަންޓީނުގައެވެ.

އޭދަފުއްޓަކީ ބ. އަތޮޅުގެ ރައްޔިތުންނާއި ކައިރި އަތޮޅު ތަކުގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެކިއެކި ހިދުމަތްތައް ހޯދުމަށް ޒިޔާރަތް ކުރާ ރަށެކެވެ.ނަމަވެސް އެ ރަށް މޮނީޓަރިންއަށް ލުމާއެކު މިހާރު އެ ރަށަށް އަރައި ފޭބުން މަނާ ވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top