އަގުބޮޑު ފުރުސަތުތަކަކާއެކު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ގައުމީމައުރަޒު ޑިސެމްބަރުގައި

މައުރަޒާބެހޭ މައުލޫމާތު ދިނުމަށް މިއަދު އެކޮނޮމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުން.   ފޮޓޯ : ސަންއޮންލައިން

މައުރަޒާބެހޭ މައުލޫމާތު ދިނުމަށް މިއަދު އެކޮނޮމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުން. ފޮޓޯ : ސަންއޮންލައިން

އަގުބޮޑު ފުރުސަތުތަކަކާ، އަގުހުރި އިނާމުތަކާއެކު “ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ގައުމީމައުރަޒު 2015” މިއަހަރުގެ ޑިސެމްބަރުމަހު ބާއްވަން ނިންމައިފިއެވެ.މިކަމާބެހޭ މައުލޫމާތު ދިނުމަށް މިއަދު އެކޮނޮމިކް މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީމިނިސްޓަރ އަބްދުﷲ ވިދާޅުވީ މި މައުރަޒުގައި 47 ދާއިރާއަކުން ތަކެތި ބައިވެރިކުރާގޮތަށް ހަމަޖެހިފައިވާކަމުގައެވެ.

މައުރަޒުގައި ބައިވެރިކުރާ ކޮންމެ ދާއިރާއަކުން ވެސް އެއްވަނައާއި ދެވަނައާއި ތިންވަނައަށް އިނާމުލިބޭގޮތަށް ހަމަޖެހިފައިވެއެވެ. އަދި ވަނަވަނައަށް ހޮވޭ ފަރާތްތަކުގެ ތެރެއިން އެކޮނޮމިކް މިނިސްޓްރީން ކަނޑާއަޅާ ފަރާތްތަކަކަށް އަންނައަހަރު ޗައިނާގައި އޮންނަ ފެއަރއެއްގައި ބައިވެރި ވުމުގެ ފުރުސަތުލިބުމުގެ އިތުރުން އެފެއަރގައި އެތަކެތި ބައިވެރިބައިވެރިވެސް ކުރެވޭނެއެވެ.

އަބްދުﷲ ވިދާޅުވިގޮތުގައި އެމައުރަޒުން ގައުމީ އިނާމުގެ ގިންތީން އެންމެ މަތީ މާކްސް ހޯދާ ފަސްއުފެއްދުމަކަށް ސަރުކާރުން ދޫކުރާ ކުދި އަދި މެދުފަންތީގެ ލޯނުލިބޭގޮތަށް ހަމަޖެހިފައިވެއެވެ.

އުސްފަސްގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމައުރަޒުގައި ބައިވެރިކުރާތަކެތި ބަލައިގަތުން އޮންނާނީއަންނަ ނޮވެމްބަރުމަހުގެ އެއްވަނަދުވަހުން ފެށިގެން ޑިސެމްބަރުމަހުގެ އެއްވަނދުވަހުގެ ނިޔަލަށެވެ.

މައުރަޒުގައި ބައިވެރިވާންއެދޭ ފޯމާއި ގަވާއިދު އެކޮނޮމިކް މިނިސްޓްރީން ލިބެން ހުރުމުގެ އިތުރަށް އަތޮޅުތަކުގައި ގާއިމްކުރާ ފޯކަލްޕޮއިންޓްތަކުންނާ މިނިސްޓްރީގެ ވެބްސައިޓުންވެސް ލިބެން ހުންނާނެކަމުގައި އަބްދުﷲވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top