އައިޝްވާރްޔާރާއީ އަރަބިބަސް ދަސްކުރަނީ

432396542.jpg

ހިންދީ ފިލްމީދުނިޔޭގައި ހަމްދިލްދޭޗުކޭސަނަމް އާއި ދޭވްދާސްފަދަ ފިލްމުތަކުން މަޝްހޫރުކަންހޯދާފައިވާ އެކްޓްރެސް އަދި ކުރީގެ މިސްވޯލްޑް އައިޝްވާރްޔާރާއީގެ ކެރިއަރގައި ފުރަތަމަފަހަރަށް އަރަބިން ވާހަކަދައްކާ އަޑުއިވޭކަށް ދެން މާގިނަ ދުވަސްތަކެއްނުވާނެއެވެ.

ސަންޖޭގުޕްތާގެ “ޖަޒްބާ”އަށް އަރަބިން އަޑުއަޅައިދިނުމަށް މިހާރު އޭނާ ދަނީ ތައްޔާރުވަމުންނެވެ.

އަރަބިން އަޑު ޑަބްކުރުމާބެހޭގޮތުން ސަންޖޭ ބުނަނީ މި ފިލްމަކީ ވަރަށް ބޮޑަށް އަރަބި މާކެޓަށްވެސް ބަލައިގެން ހަދާފައިވާ ފިލްމަކަށް ވާތީ އަރަބިން އަޑު އެޅުމަކީ ކުރަންޖެހޭކަމެއް ކަމުގައެވެ. ޒީ އަރަބިއާއިން އެފިލްމު ޕްރޮމޯޓްކުރުމަށް މިހާރުވެސް މަސައްކަތްކުރަމުންދާކަމުގައި އޭނާ ބުންޏެވެ.

މި ފިލްމަކީ އައިޝްވާރްޔާފިލްމް ސްކްރީނަށް ތިންއަހަރަށްފަހު އެނބުރިއައުން ފާހަގަކުރާ ފިލްމުކަމަށް ވާއިރު އޭނާގެ އަޑު އެހެންމީހަކު ލައްވާ ޑަބްކުރުވައިގެން މީހުންގެ ފާޑުކިއުން ބަލައިގަންނާކަށް އޭޝް ބޭނުމެއް ނުވެއެވެ. އެހެންކަމުން ޖަޒްބާގައި އޭޝްގެ ބައި އަރަބިން އަޑުއެޅުމަށް އަރަބި ދަސްކުރަމުންދާ ކަމުގައި އޭނާ ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top