ހައުސިންމިނިސްޓްރީން އޭދަފުށީރައްޔިތުންގެ ކަންބޮޑުވުން ބަލައިގެންފި

އޭދަފުށި ވަށައިގެން ތޮށިލުމުގެ ދެވަނަ ފިޔަވަޙީގެ ތެރެއިން       ފޮޓޯ /ތޯރިގު

އޭދަފުށި ވަށައިގެން ތޮށިލުމުގެ ދެވަނަ ފިޔަވަޙީގެ ތެރެއިން ފޮޓޯ /ތޯރިގު

އޭދަފުށި ހިއްކިސަރަހައްދު ހިމާޔަތްކުރުމުގެގޮތުން ރިވެޓްމެންޓްޖެހުމަށް ހިންގާ ޕްރޮޖެކްޓްގެ ދެވަނަފޭހުގެ ދަށުން ރިވެޓްމެންޓްޖަހާގޮތާމެދު ރައްޔިތުންގެ ކަންބޮޑުވުން ރަށުކައުންސިލް މެދުވެރިވެގެން ހައުސިންގ މިނިސްޓްރީއަށް ހުށަހެޅުމުން މިހާރުވަނީ ހައުސިންމިނިސްޓްރީގެ ޓީމެއް އޭދަފުއްޓަށް ޒިޔާރަތްކޮށްފައެވެ.

މަސައްކަތް ހިނގާގޮތް ބެލުމަށްފަހު ހައުސިންގ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ދެވަނަފޭހުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކޮށްފައިވަނީ އެގްރިމެންޓާ އެއްގޮތަށް ނޫންކަމުން އެކަންކަން ރަނގަޅުކުރުމަށް ހޯގާޑަށް އަންގާފައި ވާނެކަމުގައެވެ. އަދި ކުންފުނީގެ ފަރާތުންވެސް އެކަން ގަބޫލުކޮށް ރަގަޅުކުރަން އެއްބަސްވެފައިވާ ކަމުގައި ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީ އެހެން ވިދާޅުވެފައިވާއިރު އޭދަފުށީ ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު ނައުރީފްވެސް ވަނީ މިކަން ޔަގީންކޮށްދެއްވާފއެވެ.

ނައުރީފް ވިދާޅުވީ ހޯގާޑުންރިވެޓްމެންޓް ޖަހަން ހަވާލުވެފައިވާ 1300މީޓަރުގެ ތެރެއިން މަސައްކަތް ނިމިފައިވާ 20 މީޓަރު އެއްކޮށް ނެގުމަށްފަހު އަލުން އެމަސައްކަތްކުރުމަށް އެއްބަސް ވެފައިވާކަމުގައެވެ.

މީގެ އިތުރުން ރިވެޓްމެންޓް ޖެހުމުގައި ބޭނުންކުރަމުންގެންދާ ހިލައަކީވެސް އެއްބަސްވުމުގައިވާ ސައިޒަށްވުރެ ކުދހިލަތަކެއްކަމުން އެކަންވެސް ރަނގަޅުކުރުމަށް ހޯގާޑުން އެއްބަސްވެފައިވާ ކަމަށް ނައުރީފް ވިދާޅުވިއެވެ.

އޭދަފުށިގެ ވަށައިގެން ރިވެޓްމަންޓްޖަހަމުން ގެންދަނީ ދެކުންފުންޏަކުންނެވެ. އަނެއް ކުންފުންޏަކީ ހެވީފޯސް ކިޔާ ކުންފުންޏެކެވެ. އެމީހުންގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަމަށާއި މަސައްކަތްކޮށް ނިންމުމުގައި އެއްވެސް މައްސަލައެއް ދިމާވެފައިނުވާކަމުގައި ކައުންސިލުން ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top