ދަރިންގެ ޚަރަދު ނުދޭ މީހުންގެ ވަނަވަރު ހާމަކުރަނީ

large_1496430197280Vlt.jpg

ފެމެލީ ކޯޓު --

ދަރިންނަށް ޚަރަދު ނުދޭ މީހުންގެ ވަނަވަރު ބައެއް މެޖިސްޓްރޭޓް ކޯޓުތަކުން ހާމަކުރަން ފަށައިފިއެވެ.

ދަރިންގެ ޚަރަދަށް އިހުމާލުވެ، އެ ފައިސާ ނުދެއްކުމަކީ ސާބިތު ދަރަންޏެއްގެ ގޮތުގައި ބަލާ ކަމަކެެވެ. އެ ފަދަ މައްސަލަ ތަކުގައި އެ ފަދަ މީހުންގެ ވަނަވަރު ހާމަކުރުމުގެ ހުއްދަ އާއިލާއާ ބެހޭ ގަވައިދުގެ ދަށުން ދީފައި އޮވެއެވެ.

ނަމަވެސް މިހާތަނަށް އައިއިރު ފެމިލީ ކޯޓުން މިފަދަ މައްސަަލައެއްގައި އަދި އެއްވެސް މީހެއްގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ބައެއް މެޖިސްޓްރޭޓް ކޯޓުތަކުން މިހާރު ވަނީ ދަރިންގެ ޚަރަދު ނުދޭ މީހުންގެ ވަނަވަރު ހާމަކުރަން ފަށައިފައެވެ.

އެގޮތުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އަދި ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓުން ވެސް ވަނީ އެ ފަދަ މީހެއްގެ ވަނަވަރު އާންމުކޮށްފައެވެ.

ދަރިންނަށް ހަރަދު ނަގައި ދިނުމުގެ ގަވާއިދު ބުނާ ގޮތުން އެންމެ ކުއްޖެއް ހުރި ނަމަ ހަރަދުގެ ގޮތުގައި މަހަކު 2،000ރ. ދައްކަން ޖެހެ އެވެ. އަދި އެއް ކުއްޖަކަށް ވުރެ ގިނަވެއްޖެ ނަމަ ކޮންމެ ކުއްޖަކަށް މަހަކު 1،000 ރުފިޔާގެ މަގުން ހަރަދު ދޭން ޖެހެ އެވެ.

ދަރިންނަށް ހަރަދު ނުދޭ މައްސަލަތަކުގައި ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި ވެސް ކޯޓްތަކަށް ހުށަހެޅޭ މައްސަލަތައް ގިނަ އެވެ. އަދި ސަރުކާރުން އެކަނިވެރި މައިންނަށް އިނާޔަތެއް ދެމުން އަންނަކަން ވެސް ފާހަގަކުރެވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top