ސައޫދީ އިން ދިން ކަދުރު ،ކޮންމެ ގޭބިސީއަކަށް ޕެކެޓެއް

DiOJfq1UwAAESC1-755x435.jpg

ސައޫދީ ސަރުކާރުން ހަދިޔާކުރި 50ޓަނުގެ ކަދުރު ހަވާލުކުރުމުގެ ރަސްމިއްޔާތު

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު ކޮންމެ ގޭބިސީއަކަށް ޕެކެޓެއް މަގުން އިސްލާމިކް މިނިސްޓްރީ އިން މިއަދު ބަހަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދިވެހި ރައްޔިތުންނަށް ބެހުމަށް ސައުދީ އިން ހަދިޔާ ކުރި ކަދުރު މިއަދުން ފެށިގެން މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގައި ކަދުރު ބެހުން ކުރިއަށްދާނެ ކަމަށާ ކަދުރު ބަހާނީ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރުގެ މަގުން ކަމަށެވެ.

ގޭބިސީއަކަށް ކަދުރު ބަހާނީ ގޭބިސީގެ ސައްހަކަން އަންގައިދޭ ލިޔުމެއް ގެނައުމުން ކަމަށާއި އެގޮތުން ގޭބިސީގެ ސައްހަކަން ކަނޑައަޅާ ލިޔުމަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނުގެ ދެ ފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު ނުވަތަ، ގޭބީސީއެއް ނިސްބަތްވާ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ނުވަތަ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީ އާއެކު ކަދުރާ ހަވަލުވާ ފަރާތުގެ އައިޑީކާޑު ހުށަހެޅުމުން ކަދުރު ދޫކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ރަށްރަށުން ކަދުރު ލިބޭނީ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށް ކަމަށް ކަމަށާއި މާލެ އާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ ހުކުރު ހޮނިހިރު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އަކުން އިރުއޮއްސި 6:00 އަކާ ދެމެދުގެ ވަގުތެއްގައި އިސްލާމިކް މިނިސްޓްރީ އިން ކަމަށްވެސް ްއިއުލާނުގައި ބުނެފައިވެއެވެ.

މާލެސިޓީގައި ކަދުރު ބެހުން ކުރިއަށް ދާއިރު އަތޮޅުތަކަށް ކަދުރު ފޮނުވުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ދަނީ ކުރައްވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top