އެއްގަމާ، ކަނޑު ލައިސަންސަށް އިތުރު ފީއެއް ނަގަން އަތޮޅު ކައުންސިލުން ނިންމައިފި

16640577_688093621351736_3405858918916248189_n.jpg

ބ. އަތޮޅު ކައުންސިލުން މިދިޔަ އަހަރު ކުރިޔަށްގެންދިޔަ ނިޔަމިކަމުގެ ޓްރޭނިންގެ ގެ ތެރެއިން. އެއްގަމާ ކަނޑުގެ ލައިސަންސް ހިދަމަތަށް އިތުރު ފީއެއްނަގަން އަތޮޅު ކައުންސިލުން ވަނީ ނިންމާފައި / ފޮޓޯ: އަތޮޅު ކައުންސިލް

ބ. އަތޮޅު ކައުންސިލް މެދުވެރިކޮށް އެއްގަމާއި ކަނޑުގެ ލައިސަންސް ހޯދުމަށް ހުށައަޅާ ފޯމާއެކު، ހިދްމަތުގެ އިތުރު ފީއެއް ނެގުމަށް އެކައުންސިލުން ނިންމައިފިއެވެ.

ބ. އަތޮޅު ކައުންސިލުން މިގޮތަށް ނިންމީ އެކައުންސިލްގެ 33 ވަނަ ޖަލްސާގައެވެ. އެޖަލްސާގެ ޔައުމިއްޔާގައިވަނީ މިކަން މިގޮތަށް ނިންމީ ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންގެންދާ ހިދްމަތްތައް ބ. އަތޮޅުގައިފެންވަރު ރަގަޅުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްގެންދިއުމަށް އަތޮޅު ކައުންސިލްއަށް ލިބިދީފައިވާ ބާރުގެ ދަށުންކަމަށެވެ.

މިނިންމުމުގެ ދަށުން އެއްގަމާއި، ކަނޑުގެ ލައިސަންސް ހޯދުމަށް ހުށައަޅާފޯމާއެކު ކުރިން ނަގަމުން އައިފީގެ އިތުރަށް ޚިދްމަތުގެ ފީގެ ގޮތުގައި -/100ރ އަދި ދުއްވުމުގެ އިންތިހާން ހަދާ ކޮންމެ ފަހަރަކު ޚިދްމަތުގެ ފީގެ ގޮތުގައި -/50ރ ނަގާނެއެވެ. މިނިންމުމަށް އަތޮޅު ކައުންސިލުން އަމަލުކުރަން ނިންމާފައިވަނީ އަންނަ މާރޗްމަހުގެ 1 ވަނަދުވަހުން ފެށިގެންނެވެ.

ބ. އަތޮޅު ކައުންސިލް މެދުވެރިކޮށް އެއްގަމާއި ކަނޑުގެ ލައިސަންސް ހޯދުމަށް ހުށައަޅާ ފޯމާއެކު، ހިދްމަތުގެ އިތުރު ފީއެއް ނެގުމަށް އެކައުންސިލުން ނިންމިއިރު، ޑްރައިވިންގް ލައިސަންސް ޕްރެކްޓިކަލް ޓެސްޓް ހެދުމަށް ފެންވަރު ރަގަޅު ޑްރައިވިންގް ޓްރެކެއް އޭދަފުށީގައި ދަނީ ހަދަމުންނެވެ. އެކައުންސިލުން ބުނެފައިވަނީ މިޓްރެކްގެ މަސައްކަތް މިއަހަރުގެ ކުރީކޮޅު ނިންމުމަށް މަސައްކަތް ކުރެވެމުންދާކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top