ރަަށު ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަނީ

IMG_2637-800x451-800x451.jpg

އޭދަފުށިގެ ކައުންސިލްގެ މިދައުރުގެ 5 މެމްބަރުން. / ފޮޓޯ: ބ. އަތޮޅު ކައުންސިލް

އޭދަފުށީ ކައުންސިލްގެ ފަރާތުން އަންނަ ބުރާސްފަތި ދުވަހުގެރޭ ރައްޔިތުންނާ ބައްދަލު ކުރަން ހަމަޖައްސައި އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފިއެވެ.

މިކަމާ ގުޅިގެން ކައުންސިލްގެ ފަރާތުން އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކައުންސިލުގެ ފަރާތުން ރައްޔިތުންނާ ބައްދަލު ކުރުން އޮންނާނެ ކަމާއި މި ބައްދަލުވުމަށް ހުރިހާ ރައްޔިތުންވެސް ބައިވެރިވުމަށް އެދޭ ކަމުގައެވެ.

މި ބައްދަލުވުން ބާއްވަން ނިންމާފައިވަނީ މަލްޓިޕާޕަސް ބިލްޑިންގެ ގެ ޖަލްސާ ކުރާ މާލަމުގައި ރޭގނޑު 9:00 ގައެވެ.

ލާމަރުކަޒީ ގާނޫނުގެ 110ވަނަ މާއްދާގައި ބުނާގޮތުން ، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަސް ހުސްވުމުގެ ކުރިން ރައްޔިތުންނާ ބައްދަލުކޮށް ކައުންސިލްގެ އަހަރީ ރިޕޯޓާ މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހެއެވެ.

ރަށު ކައުންސިލުން ބުނިީ މި ބައްދަލުވުމަކީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމާއި މިއަހަރު ކައުންސިލުން ކުރިއަށް ގެންދަން ރާވާފައިވާ ކަންތައްތަކުގެ އިތުރުން މިއަހަރަށް ފާސްކުރި ބަޖެޓް ރައްޔިތުންނާއި ހިއްސާކޮށް، ހިޔާލާ މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުމެެއް ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top