ސައްޓުއާ މަޖިއްޓޭ ނެތްތަން ފޫބައްދަން އޭދަފުށީ ޓީމަށް ބިދޭސީ ފޯވާޑެއް!؟

12541160_565866506905428_7214745035709470313_n.jpg

އޭދަފުށި ފުޓްބޯޅަ ޓީމް ގްރޫޕް ފޮޓޯ / ފޮޓޯ: އައްޑޫލައިވް

މިއަންނަމަހު ފަށާ މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އޭދަފުށީ ފުޓްބޯޅަ ޓީމަށް ފުރަތަމަ ފަހަރަށް ބިދޭސީ ފޯވާޑެއް ގެންނަން މަޝްވަރާކުރަން ފަށައިފިއެވެ.

މިކަން އޭދަފުށީ ފުޓްބޯޅަ ޓީމްގެ މެނޭޖްމަންޓުން އީވީއަށް ވަނީ ކަށަވަރުކޮށްދީފައެވެ. އޭދަފުށީ ކައުންސިލްގެ މެމްބަރ އަދި ކައުންސިލުން ފުޓްބޯޅަ ޓީމަށް ކަނޑައަޅާފައިވާ އޮފިޝަލް ޒައިދު އަލީ ވިދާޅުވީ ބިދޭސީ ފޯވާޑެއް ގެނައުމުގެ މަޝްވަރާތައް މެނޭޖްމަންޓުން ކުރެވެމުންދާތާ ދުވަސްކޮޅެއްވެއްޖެކަމަށާ، އަދި ކުޅުންތެރިއަކު މުޅިން ހަމަނުޖެހޭކަމަށެވެ. އޭނާ ވިދާޅުވީ ފޯވާޑެއް ގެންނަން މަޝްވަރާކުރަނީ އޭދަފުށީ ޓީމްގެ ކުރީގެ ކެޕްޓަން މަޖިއްޓޭއާއި، މިއަހަރު ޓީސީ ސްޕޯޓްސްއަށް ބަދަލުވެފައިވާ އޭދަފުށީގެ ހުނަރުވެރި ފޯވާޑް އިޝާން އިބްރާހީމް ނެތްތަން ފޫބައްދަން ކަމަށެވެ.

“ހަގީގަތުގަވެސް މަޖިއްޓޭއާ ސައްޓު ނެތުމަކީ ފޫބައްދަން ދަތިކަމެއް. މަޝްވަރާތައް ކުރިޔަށްދަނީ އަދި. އަތޮޅު ބުރުގައި ފަހަރެއްގައި ބިދޭސީ ކުޅުންތެރިޔާ ނުފެނިވެސްދާނެ. އެކަމަކު ޒޯންބުރަށް ޔަގީނުންވެސް ގެންނަން ވިސްނުންހުރީ. މިހެން ބުންޏަސް އަތޮޅު ބުރުގައިވެސް ފެނުމަކީވެސް ދުރުކަމެއްނޫން.” މިދިޔަ އަހަރުގެ މިނިވަން ޗެންޕިއަންޝިޕްގައިވެސް އޭދަފުށީ ޓީމްގެ އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޒައިދު ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ މިނިވަން ޗެންޕިއަންޝިޕްގެ އެއްވެސް މެޗެއް އޭދަފުށިން ފަސޭހަކޮށްނުލާނެކަމަށާ، އަތޮޅު ބުރަށް ޓީމްގެ ފަރިތަކުރުންތައް ދެދުވަހެއްގެ ތެރޭގައި އޭދަފުށީގައި ފެށޭނެކަމަށެވެ. އަދި ޓީމް ލިސްޓް ފައިނަލް ކުރުމާ، ރަށުން ބޭރު ކުޅުންތެރިން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

މިނިވަން ޗެންޕިއަންޝިޕްގައި މިއަހަރު ބ. އަތޮޅުން ވާދަކުރަނީ އޭދަފުށިގެ އިތުރުން ފެހެންދޫއެވެ.

2015 ވަނަ އަހަރު އެފްއޭއެމުން ފެށި މިނިވަން ޗެންޕިއަންޝިޕް ފުރަތަމަ މުބާރާތުގައި ބ. އަތޮޅުން ވާދަކޮށފައިވަނީ ހިތާދޫއާ އޭދަފުއްޓެވެ. އެއަހަރު އަތޮޅު ޗެންޕިއަންކަން ހޯދި އޭދަފުށި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރިއެވެ. 2016 ވަނަ އަހަރު ބ. އަތޮޅު ވާދަކުރީ އޭދަފުށި އެކަންޏެވެ. އެއަހަރު އޭދަފުށި މުބާރާތުގެ ޗެންޕިއަންކަން ހޯދިއެވެ. 2017 ވަނަ އަހަރު ބ. އަތޮޅުން މިމުބާރާތުގައި ވާދަކުރީ އޭދަފުއްޓާ ދަރަވަންދޫއެވެ. އެއަހަރުވެސް އަތޮޅު ޗެންޕިއަނުންގެ ގޮތުގައި އޭދަފުށި މުބާރާތުގެ ފައިނަލް ރައުންޑަށް ދަތުރުކުރިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top