ކުރިޔަށްއޮތް ފަސްދުވަހުވެސް ބ. އަތޮޅުގެ މޫސުން ގޯސްވާނެ – މެޓް އޮފީސް

4126_120526112735_98-1.jpg

ކުރިޔަށްއޮތް ފަސްދުވަހުވެސް ބ. އަތޮޅުގެ ރަށްރަށަށް ވިއްސާރަވެ، މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މީޓިއޮރޮލޮޖިކަލް ސާވިސަސް (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓްއޮފީހުން މިހެންބުނެފައި މިވަނީ އިއްޔެއިން ފެށިގެން ބ.އަތޮޅުގެ ބައެއް ރަށްރަށަށް ގަދަވަޔާއެކު ވިއްސާރަވެހި އަދި ކަނޑުގަދަވެ ދަތުރުފަތުރަށް ބުރޫއަރާފައި ވަނިކޮށެވެ.

އީވީއަށް މައުލޫމާތު ދެމުން މެޓްއޮފީހުން ބުނީ ހުޅަނގު މޫސުމުގެ ވިއްސާރަވިލާތަކުގެ އަސަރު އުތުރަށް ކުރާނެކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ކަނޑުތައްވެސް ގަދަވުން އެކަށީގެންވާކަމަށެވެ. އެއިދާރާއިން ބުނީ އާންމުގޮތެއްގައި ވައިޖެހޭނީ 13 މޭލާ 23 މޭލާ ދެމެދުންނަމަވެސް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ މޫސުން ކުރިޔަށް އޮތް 24 ގަޑިއިރު ގޯސްވެދާނެކަމަށް ދަތުރުވެރިން ސަމާލުވުމަށް ކޯސްޓްގާޑުން އިއްޔެވަނީ އިލްތިމާސްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top