އެސްޓީއޯގެ ބޭސް ފިހާރައެއް ތުޅާދޫގައި ހުޅުވައިފި

2404187_big-lnd251-e14084321397571.jpg

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ބޭސް ފިހާރައެއް ބ.ތުޅާދޫގައި ހުޅުވައިފި އެވެ.

އެސްޓީއޯއިން މައުލޫމާތުދޭ ގޮތުގައި މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހުޅުވުނު ފާމަސީއެކެވެ.

އެސްޓީއޯއިން ބުނީ ތުޅާދޫގައި މިހުޅުވުނު “އެސްޓީއޯ ފާމަސީ ތުޅާދޫ” އިން އާސަންދައާއިއެކު ފޯރުކޮށްދެމުންދާ ކަމަށާއި ތުޅާދޫގައި ހުޅުވުނު ފާމަސީއާއެކު އެސްޓީއޯ ފާމަސީތަކުގެ އަދަދު މިހާރު 18 އަށް ބަދަލުވެފައވާ ކަމަށެވެ.

“މި ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމުގައި ލޯކަލް ކައުންސިލް ތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން އެސްޓީއޯއިން ޝުކުރުވެރިކަމާއެކު ފާހަގަ ކުރެއެވެ.” އެސްޓީއޯއިން ބުނެ އެވެ.

ރައްޔިތުންނަށް ދަތިކަމެއް ނެތި ބޭސް ފޯރުކޮށްދިނުމުގެ މަގްސަދުގައި އެސްޓީއޯއިން ދެއަހަރުތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފާމަސީތައް ގާއިމުކުރާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި އެސްޓީއޯގެ ފާމަސީއެއް އެޅުމަށް ހެލްތް މިނިސްޓްރީ އާއިއެކު އެސްޓީއޯއިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ތުޅާދޫގެ އިތުރުން މިއަހަރު ކުރީކޮޅު އޭދަފުށީގައިވެސް އެސްޓީއޯ ބޭސްފިހާރައެއް ވަނީ ހުޅުވައި ހިދްމަތްދޭން ފަށާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top