ފިތުރޒަކާތުގެފައިސާ ދޫކުރުން މިރޭ 9:30ގައި

އޭދަފުށި

އޭދަފުށި

ފިތުރުޒަކާތުގެ ގޮތުގައި މި އަހަރު އޭދަފުށިން ލިބިފައިވާ ފައިސާ މީހަކަށް 1314.62ރުފިޔާގެ މަގުން ޒަކާތުގެ ޙައްޤުވެރިންނަށް މިރޭ 9:30 ން ފެށިގެން އޭދަފުށީކައުންސިލްގެ އިދާރާއިން ދޫކުރަމުން ގެންދާނެކަމަށް ކައުންސިލްގެ އިދާރާއިން ބުނެފިއެވެ.

ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މިއަހަރު އޭދަފުށިން ފަގީރުންގެގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ 36 މީހުންނެވެ. މިއީ މިދިޔަ އަހަރަށްވުރެ 15 މީހުން މަދުއަދަދެކެވެ.

މިއަހަރު މިރަށުން ފިތުރުޒަކާތް ދައްކާފައިވަނީ 2823 މީހުންނެވެ. ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 47326.22 ރުފިޔާއެވެ. މިއީ މިދިޔައަހަރަށްވުރެ 1832.78 ރުފިޔާ އިތުރުއަދަދެކެވެ. މިދިޔައަހަރު ލިބިފައިވަނީ 45493.44 ރުފިޔާއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު