އަޑުފޮށި: ގްރާސްރޫޓް ފުޓްބޯޅަ އެކަޑަމީ ހުއްޓިފައި އޮތީ ކީއްވެ؟ ފަށަނީ ކޮންއިރަކު؟

46470492_2647929338566933_2117287618432466944_o.jpg

ގްރާސްރޫޓް އެކަޑަމީގެ ތަމްރީން ތަކެއްގައި ތައުލީމީ މަރުކަޒުގެ ކުދިންތަކެއް ހަރަކާތްތެރިވަނީ / ފޮޓޯ: ތައުލީމީ މަރުކަޒު

ނޯޓް :”އަޑުފޮށި ” މި ސެގްމަންޓަކީ ބ.އަތޮޅުގެ ރަށްރަށުގެ ރައްޔިތުން ނަށް ޖަވާބު ލިބުން ބޭނުންވާ ސުވާލުތަކެއް ހުށަހަޅާލުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ސެގްމެންޓެކެވެ. ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން ކުރަމުން ގެންދާ މަސައްކަތަކާ ބެހޭ ގޮތުން ކަމަށް ވިޔަސް އެއީ މުޅި ރައްޔިތުންނާ ގުޅުން ހުރި ކަމެއްކަމުގައިވާ ނަމަ އެކަމުގެ މައުލޫމާތު މި ސަފްހާ މެދުވެރިކޮށް ހިއްސާ ކުރާނަމުއެވެ.

މިފަހަރުގެ ސުވާލު އަމާޒުވެފައިވަނީ އޭދަފުށީގައި ހިންގަމުން އައި ފުޓްބޯޅަ އެކަޑަމީ އާބެހޭ ގޮތުންނެވެ.

ސުވާލު : ބ. އަތޮޅު ތައުލީމީ މަރުކަޒާ ކްލަބް އޭދަފުށި ގުޅިގެން ފުޓްބޯޅައިގެ ހުނަރުތައް ދަސްކޮށްދިނުމަށް އޭދަފުށިގައި ކުރިޔަށްގެންދާ ގްރާސްރޫޓް އެކަޑަމީ ރޯދަމަހުގެ ކުރިން މެދުކަނޑާލިގޮތަށް އަދިވެސް ވަނީ ނުފެށިއެވެ. މިހަރަކާތަކީ ބެލެނިވެރިންނާ، ސްކޫލް ކުދިންގެ ސަޕޯޓް ވަރަށް ބޮޑަށް ލިބޭ ޕްރޮގްރާމެއްކަމަށް ފާހަގަކުރެވިފައިވޭ. އަދި އެކަޑަމީ ގިނަދުވަސްތަކަކަށް މެދުކެނޑުމުން ގިނަ ބެލެނިވެރިންގެ ޝަކުވާތައްވެސް އަޑުއިވޭ. ގްރާސްރޫޓް އެކަޑަމީ ހަރަކާތްތައް ހުއްޓުނީތޯ؟ ނޫންނަމަ ނުފެށި ލަސްވަމުންދަނީ ކިހިނެއްވެގެންތޯ؟

ޖ: (ޖަވާބުދެއްވީ ގްރާސްރޫޓް އެކަޑަމީ ކޯޗް ފަޒުލޫން މުހައްމަދު)

ގްރާސްރޫޓް އެކަޑަމީގެ ހަރަކާތްތަކަށް ބެލެނިވެރިންނާ ކުދިން ވަރަށް ބޮޑަށް ތަރުހީބެއް ލިބޭ ތިޔަ ވިދާޅުވިގޮތަށް. އެކަޑަމީ ހަރަކާތްތައް ރޯދަމަހަށް މެދުކަނޑާލީ ކުރިންވެސް އެގޮތަށް ރާވާފައި އޮތީމަ. ރޯދައިގެފަހުން ފަށާގޮތަށް ނިންމީ އޭރު. އެހެންނަމަވެސް ރޯދައިގެ ފަހުން މިދިޔަ 3 މަހެއްހާދުވަސް އެކަޑަމީ ނުފެށި އޮތީ އެދުވަސްވަރު ސްކޫލްގެ ގިނަ ހަރަކާތްތަކެއްގައި އެކަޑަމީ ކޯޗުން މާބޮޑަށް ބިޒީވެގެން. އެއީ އިންޓަހައުސް ފުޓްބޯޅައާއި، ނެޓްބޯޅަ އަދި އަދަބީ ހަރަކާތްތަކެއް ކުރިޔަށްގެންދަން ޖެހިގެން. ބެލެނިވެރިންގެ ޝަކުވާ އަޅުގަނޑުމެންނަށްވެސް ލިބޭ. އެނގިވަޑައިގަންނަވާނެ އެކަޑަމީއަކީ ފުޓްބޯޅަ ޑިވެލޮޕްމަންޓަށް ސްކޫލުން ކުރިޔަށްގެންދާ ހަރަކާތެއް. އެއަށްވުރެ މުހިއްމު ސްކޫލްގެ ހާއްސަ ހަރަކާތްތައް. އެހެންވެ އެކަޑަމީ އަސްލު ޑިލޭއެއް އައީ. އަޅުގަނޑުމެން (ކޯޗުން) މިހާރު ހަމަޖައްސާފައި އޮންނާނީ އަންނަ ހަފްތާ އެއީ ސްކޫލް ފެށޭ ހަފްތާ އެކަޑަމީ ހަރަކާތްތައް ފަށަން. މިފަހަރު އެކަޑަމީ ކުރިޔަށްދާނީ ޓާފް ދަނޑުގައި.

އެކަޑަމީ ކޯޗް ފަޒުލޫންއަށް، ޕްރިންސިޕަލް އެކަޑަމީ ކޯޗްކަމުގެ ލިޔުން ހަވާލުކުރަނީ. ފަޒުލޫން ބުނީ އެކަޑަމީ އަންނަ ހަފްތާ ފެށޭނެކަމަށް / ފޮޓޯ: ތައުލީމީ މަރުކަޒު

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top