ވޭތުވެދިޔަ ޖުލައި މަހުގެ ފަހު ހަފުތާއިން ފެށިގެން ރެޑްވޭވުން ކުރިއަށްގެންދާ “ރެޑްވޭވް ހަފްތާ ސޭލް” ވަރަށް ކާމިޔާބު ކަމަށް ރެޑްވޭވް އިން ބުނެފި އެވެ.
ރެޑްވޭވް ފިހާރަތަކުން ހިންގާ މި ސޭލް ، ރެޑްވޭވްގެ ހުރިހާ ފިހާރައެއްގައި ކުރިއަށްދާއިރު ކޮންމެ ހަފްތާއަކު ގުރުއަތުން ތިން ފަރާތެއް ހޮވަ އެވެ. އެގޮތުން 100 ރުފިޔާ އިން މަތީގެ ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ނަގުދު ފައިސާ ދެ އެވެ. ދެވަނަ އަށް 3،000 ރުފިޔާ ދޭ އިރު ތިންވަނަ އަށް ހޮވޭ ނަސީބުވެރި ފަރާތަކަށް2،000 ރުފިޔާ ލިބެއެވެ.
ފާއިތުވި ހަތަރު ހަފުތާގައި “ރެޑްވޭވް ހަފްތާ ސޭލް” ގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވިފައިވާ މީހުންނަށް މިހާރުވަނީ ފައިސާގެ އިނާމު ވެސް ހަވާލުކޮށްފަ އެވެ.
“ރެޑްވޭވް ހަފްތާ ސޭލް” ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް ކަސްޓަމަރުންގެ ތަރުހީބަށް ބެލުމަށްފަހު ޕްރޮމޯޝަންގެ މުއްދަތު އިތުރު ކުރާނެ ކަމަށް އެކުންފުނިން ބުނެއެވެ.