ދޮންފަނު އިންވިޓޭޝަން ކަޕް : ދޮންފަނުވެސް ސެމީއަށް

25488281_1968168660137802_8305051331498822569_o.jpg

21 ޑިސެމްބަރ . ދަރަވަންދޫއާއި ދޮންފަނު މެޗްގެ ތެރއިން

ދޮންފަނު އިންވިޓޭޝަން ކަޕްގެ މެޗްތައް ފޯރިއާއެކު ދޮންފަނުގައި ކުރިއަށްދާއިރު އިއްޔެ މި މުބާރާތުގައި ކުޅެވުނު ދޮންފަނާއި ދަރަވަންދޫ ބައްދަލު ކުރި މެޗް 4-0 އިން ދޮންފަނު ކާމިޔާބު ކުރުމާ ގުޅިގެން އެޓީމްވެސް ސެމީ ފައިނަލަށް ދަތުުރު ކޮށްފިއެވެ.

މި މެޗްފެ ފރަތަމަ ހާފްގައިވެސް ތަފާތު މޮޅު ގޭމެއް ކުޅެ ދޮންފަނު ވަނީ 3 ލަނޑު ޖަހާފައެވެ.  ދޮންފަނުން ޖެހި 4ވަނަ ލަނޑު ޖަހާފައިވަނީ ފަހު ހާފް ގައެވެ.

އިއްޔެގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ދޮންފަނު ޓީމަށް 2 ލަނޑު ޖަހައިދިން އިބްރާހީމް އިރުޝާމެވެ.

މިމެޗާއެކު ސެމީގެ ޖާގަތައް މިހާރު ކަށަވަރުކޮށްފައިވަނީ ދޮންފަނާއެކު އޭދަފުއްޓާއި ގޮއިދޫ އެވެ. ސެމީ ގެ ފަހު ޖާގަ އެނގިގެންދާނީ އަންނަ ހޮނިހިރު ދުވަހު ދަރަވަންދޫއާއި ކިހާދޫ ބައްދަލުކުރާ މެޗްގެ ނަތީޖާ ދައްކާގޮތުންނެވެ. މި މެޗު އެއްވަރުވެއްޖެނަމަ ކިހާދޫއަށް ސެމީގެ ފަހު ޖާގަ ލިބޭނެއެވެ.

މި މުބާރާތުގައި މިއަދު ކުޅޭނީ އޭދަފުއްޓާއި ގޮއިދޫއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top