ބުރާސްފަތި، ބަންދު ދުވަހެއް ނޫން

DSCN6125.jpg

ބ.އަތޮޅު ކައުންސިލްގެ އިދާރާ

ނަސްރުގެ ދުވަހާއި ގުޅުވައިގެން މިހަފްތާގެ ބުރާސްފަތިދުވަސް ބަންދުނުވާނެ ކަމަށާއި އެހެންނަމަވެސް އަންނަ ހަފްތާގެ އާދީއްތަ އާއި ބުރާސްފަތި ބަންދު ވާނެ ކަމަށް ކަމަށް ސަރުކާރުން ބުނެފި އެވެ.

ނަސްރުގެ ދުވަސް ބުދަ ދުވަހަކާއި ދިމާވުމުން ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ގިނަ ބަޔަކު ހީކުރިއެވެ.

ނޮވެމްބަރ މަހުގެ 07 ވަނަ ދުވަސް ނުވަތަ އަންނަ އާދީއްތަ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އެއީ ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަސް ކަމަށް ވާތީއެވެ. ކޮންމެ އަހަރެއްގެ އެދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ.

އަންނަ ހަފްތާގެ ބުރާސްފަތި ދުވަސް ކަމަށްވާ ނޮވެމްބަރ 11 ވަނަ ދުވަހު ވެސް ސަރުކާރު ބަންދު ވާނެއެވެ. އެއީ ޖުމްހޫރީ ދުވަސް ކަމަށް ވާތީއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top