ޝައިޚް ޢިމްރާން މިހާރު ވިދާޅުވަނީ މޭޑޭގައި ގެންގުޅުއްވީ ހެކީގެ އަސްލު ނޫންކަމަށް.

1572950708large.jpeg

އިމްރާން..... ފޮޓޯ ސަންގު ފައިލް

ސަރުކާރާ ދެކޮޅަށް 2015 ވަނަ އަހަރު ބޭއްވި “މޭޑޭ މުޒާހަރާ”ގައި، ޝައިކް އިމްރާން ވާހަކަ ދައްކަވަމުން މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލާފައިވާ މައްސަލަ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅުވައިގެން ދެއްކި ކަރުދާސްތަކަކީ އަސްލެއް ނޫން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ރިލްވާންގެ މައްސަލައާ ގުޅޭގޮތުން މިނިސްޓަރު އިމްރާންގެ ވާހަކަތައް ބަދަލުވަމުން އަންނައިރު، މިދިޔަ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރިލްވާންގެ މައްސަލާގައި ހުރި ކަމަށް ބުނާ ހެކިތައް ކޮބައިތޯ ވިދާޅުވެ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލު ކުރެއްވުމުން އިމްރާން ވިދާޅުވީ މޭޑޭ މުޒާހަރާއަށް ފަހު އެރޭ އިމްރާން ހައްޔަރުކޮށް އެ ލިޔުންތައް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ.

އެެހެންނަމަވެސް ހޮނިހިރު ދުވަހުގެ ރޭ ދިވެހި ރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ރިލްވާންގެ މައްސަލަ ރައީސް ޔާމީނާ ގުޅުވައިގެން ދެއްކި ކަރުދާސްތަކަކީ އޭގެ އަސްލެއް ނޫން ކަމަށާ އެ ކަރުދާސްތަކުގެ އަސްލު ވާންޖެހޭ ތަނެއްގައި ވާނެ ކަމަށެވެ.

އިމްރާން ވިދާޅުވީ މޭޑޭގައި އޭނާ ދެއްކެވި ވާހަކަތައް ގިނަ ރައްޔިތުން މިހާރު ހަނދާން ނެތް ކަމަށެވެ. އަދި އެ ދުވަހު އެއްވެސް މީހަކަށް ތުހުމަތުކޮށް ވާހަކަ ދައްކާފައި ނުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެދުވަހު ހަމަ އެކަނި ވިދާޅުވިކަމަށް އިމްރާން ވިދާޅުވީ،  ރިލްވާން އަދި އަފްރާޝީމްގެ މައްސަލައަށް ވީގޮތް އޭރުގެ ވެރިންނަށް އެނގޭނެ ކަމަށް ކަމަށާއި އެދުވަހު ދެއްކި ހުރިހާ ވާހަކައެއް މިއަދުވެސް ހަނދާނުގައި އެބަހުރިކަމަށް ކަމަށެވެ.

ސަރުކާރާ ދެކޮޅަށް 2015 ވަނަ އަހަރު ބޭއްވި “މޭޑޭ މުޒާހަރާ”ގައި އިމްރާން ވަނީ ރިލްވާން ގެއްލުވާލުމުގައި ރައީސް އަބްދުﷲ ޔާމީނާއި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ބައިވެރިވުން އޮތްކަމުގެ ހެކި ހުރި ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top