އޭދަފުށީ ޒުވާނުންތަކެއް ނުކުމެ ރަށު ކައުންސިލް ކުރިމަތީގައި އިހުތިޖާޖް ކޮށްފި

2222.jpg

އޭދަފުށީ ޒުވާނުންތަކެއް ނުކުމެ ރަށު ކައުންސިލް އިދާރާގެ ކުރިމަތީގައ ިމިއަދު އިހުތިޖާޖް ކޮށްފިއެވެ.

އިހުތިޖާޖް ކުރި ޒުވާނުންގެ ތެރޭގައި ގިނައިން ހިމެނެނީ އޭދަފުށީގެ ޒުވާން ފުޓްބޯޅަ ކުޅުންތެރިންނާއި ފުޓްބޯޅައަށް ލޯބި ކުރާ ޒުވާނުންނެވެ.

ކައުންސިލު ކުރިމަތީގައި ޝއުޢުރު ފާޅު ކުރުމުގެ ގޮތުން ބޯޑުތަކެއް ވެސް ހިފައިގެން ތިބެ މި ޒުވާނުން އިހްތިޖާޖްކޮށްފައިވަނީ ރަށުގައި ބައިނަލް އަގްވާމީ ފެންވަރުގައި ހަދާފައި އޮންނަ ޓާފް ދަނޑު ބޭނުން ކުރުމުގައި ޒުވާނުންނަށް އުނދަގޫތަކާއި ކުރިމަތިވަމުންދާތީ ކަމަށް އިހްތިޖާޖްގައި ބައިވެރިވި ޒުވާނަކު އީވީއަށް މައުލޫމާތު ދިނެވެ.

އެޒުވާނާ އިތުރަށް ބުނީ މި އުނދަގޫތައް ފޯރަމުންދަނީ ދަނޑު ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ މީހުންގެ ކިބައިންކަމަށެވެ. އެގޮތުން އެ ދަނޑު ބޭނުން ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހުރިހާ ޒުވާނުންނަށްވެސް މަގު ފަހި ވެގެންދާނޭ ގޮތަކަށް ދަނޑު ބޭނުން ކުރެވޭނެ ގޮތް ހަދައި ދިނުމަށާއި ދަނޑުގެ ގޭޓް ބަންދުކުރުން ފަދަ ކަންކަން ކުރާތީ ޒުވާނުން ބޭނުންވަނީ އެކަންކަން ހައްލުކުރުމަށް ކަމަށެވެ.

އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަނޑު ޔޫތު މިނިސްޓްރީގެ ފަރާތުން އޭދަފުށީ ކައުންސިލާއި ހަވާލުކޮށްފައިވީ ނަމަވެސް، ކައުންސިލުގެ ބަހެއް ނެތި ދަނޑުގެ ކޮންޓްރެކްޓަރުގެ އުނދަގޫ ދަނީ ފޯރަމުންނެވެ.

“އަޅުގަނޑުމެން އިހުތިޖާޖު ކުރަން މަޖްބޫރުވީ ރަށު ކައުންސިލް އިދާރާއަށް ލިބިދީފައިވާ ބާރުގެ ބޭނުން އެ އިދާރާއިން ނުކުރުމުގެ ސަބަބުން ދިމާވާ އުދަނގޫތަކަށް ކެތް ނުކުރެވިގެން. ދަނޑުގެ ގޭޓު ތަޅުލުމާއި، ދަނޑުގައި ބަހައްޓާފައިވާ މިނީ ގޯލު ފަދަ ތަކެތި ފޮރުވުން ފަދަ ކަންކަން ކޮންޓްރެކްޓަރުގެ ފަރާތުން ފެނިގެން ދިއުން ދުވަހުން ދުވަހަށް އަންނަނީ އިތުރު ވަމުން.” އެހެން ޒުވާނަކު އީވީއާ ވާހަކަ ދައްކަމުން ބުންޏެވެ.

އިހްތިޖާޖް ކުރިއަށް ދަނިކޮށް އިހްތިޖާޖުގެ ބައިވެރިންނާއި އެރަށު ކައުންސިލުން ވަނީ ބައްދަލުކުރައްވާފައެވެ. އަދި ކްލަބް/ޖަމިއްޔާ ތަކަށް ހަމަޖައްސާފައިވާ ތާވަލާއި އެއްގޮތަށް އެ ރަށުގެ ޒުވާނުންނަށް އެ ދަނޑުގައި ކުޅެން ދިޔުމަށް މަގުފަހި ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި ޒުވާނުންގެ ކަންބޮޑުވުންތައް ހައްލު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ކައުންސިލުން ވަނީ ދީފަ އެވެ.

އޭދަފުށީގައި އަޅާފައިވާ ބައިނަލް އަގްވާމީ ފެންވަރުގެ މި ޓާފް ދަނޑަކީ އޭދަފުށީގެ މަހުޖަނު، ޗާނދަނީގޭ އަހުމަދު ނަޒީރު (ކްރައުން ނަޒީރު) އަޅުއްވައިދެއްވާފައިވާ ދަނޑެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top